ސައުދީ ސަރުކާރުގެ ތެޔޮ ކުންފުނީގެ ހިއްސާ ޗައިނާއިން ގަންނަނީ!

ސައުދީ ތެޔޮ ކުންފުނި އަރަމްކޯގެ ހެޑްކުއާޓާސް--

ސައުދީ ސަރުކާރުގެ މައި ތެޔޮ ކުންފުނި އަރަމްކޯގެ ފަސް ޕަސެންޓް ހިއްސާ ގަތުމަށް ހުށަހަޅައިފައިވާ ކަމަށް ރޮއިޓާސް ނިއުސް އޭޖެންސީއިން ބުނެފިއެވެ.

ޗައިނާ ސަަރުކާރުގެ ތެޔޮ ކުންފުނިތައް ކަމަށްވާ ޕެޓްރޯ ޗައިނާ އަދި ސައިނޯޕެކް އިން އަރްމްކޯއާއެކު އެއްބަސްވުމެއް ހެދުމަށްޓަކައި ވާހަކަދައްކަމުންދާ ކަމަށް ވެސް ރޮއިޓާސްގެ ރިޕޯޓުގައި ބުނެފައި ވެއެެވެ.

ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ބިން އަލް ސައުދު މިދިޔަ އަހަރު ވަނީ އަަރަމްކޯގެ ފަސް ޕަސެންޓް ހިއްސާ 100 ބިލިއަން ޑޮލަރަށް ވިއްކާލުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

"ޗައިނާއިން ބޭނުން ވަނީ އެ ގައުމަށް ބޭނުންވާ ވަރަށް ތެޔޮ ލިބޭނެކަން ޔަގީން ކުރަން. ތެޔޮ ކުންފުނީގެ ފަސް ޕަސެންޓަށް ވުރެވެސް ގިނައިން ހިއްސާ ގަންނަން ޗައިނާ އިން އެތިބީ ތައްޔާރުވެގެން،" ތެލުގެ އިންޑަސްޓްރީ އޮފިޝަލަކު ބުންޏެވެ.

ޕެޓްރޯ ޗައިނާ އަދި ސައިނޯ ޕެކް އިން ވަނީ ތުންތުން މަތިން ދެކެވެމުންދާ ވާހަކަތަކާމެދު އެއްވެސް އެއްޗައެއް ބުނަން ދެކޮޅު ހަދައިފައެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވެއްޓިފައި ވުމުގެ ސަބަބުން ސައުދީން ވަނީ ތެލަށް ބަރޯސާ ކުރުން ކުޑަކޮށް އެހެނިހެން ގޮތްގޮތުން ބަޖެޓަށް ފައިސާލިބޭނެ ގޮތްތައް ހެދުމަށް ޕްލޭންތައް އެކުލަވައިލައިފައެވެ.

އަރަމްކޯގެ ހިއްސާ ވިއްކުމާމެދު ސައުދީގެ ސީނިއާ އޮފިޝަލުންގެ މެދުގައިވެސް ވަނީ ހިޔާލު އުފެދިފައެވެ. ބައެއް އޮފިޝަލުން ވަނީ ތެލުގެ އަގު 2018 ވަަނަ އަހަރު ހަމައަކަށް އެޅެންދެން އަރަމްކޯގެ ހިއްސާ ވިއްކުން މަޑުޖައްސާލުމަށް ގޮވައިލައިފައެވެ.

comment ކޮމެންޓް