ޒުވާނުންގެ އިނާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން---ފޮޓޯ// ޔޫތު މިނިސްޓަރީ

ޒުވާނުނަކީ އުފެއްދުންތެރި ބަޔަކަށް ހެދުމަށް ތައާރަފުކޮށްފައިވާ ޒުވާނުންގެ އިނާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ޔޫތު މިނިސްޓްރީ މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ "ޒުވާނުންގެ އިނާމު 2017" އަށް ކުރިމަތި ލުމުގެ ފުރުސަތު މި މަހު 31ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށާއި އެ ދުވަހުގެ މެންދުރު 12:00ގެ ކުރިން ފޯމު ހުށަހެޅުމަށް ފުރުސަތު ހުޅުވަލާފައިވާ ކަމަށެވެ.

ފޯމު ހުށަހަޅަން ޖެހޭނީ ޔޫތު މިނިސްޓްރީގެ ކައުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އީމެއިލް ކުރާނެ އީމެލް އެޑްރެހަކީ [email protected] ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

ޒުވާނުންގެ އިނާމު ދެނީ 10 ދާއިރާއަކުންނެވެ. އަދި އެ 10 ދާއިރާގެ އިތުރުން ޝަހީދު ޖަވާދު އުމަރުގެ ހަނދާނީފިލާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

ޒުވާނުންގެ ގައުމީ އިނާމަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުން ކުރާ މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އިނާމެކެވެ. ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ ދައުރު ފާހަގަކޮށް، އެމީހުންނަކީ މުޖުތަމައަށް ފައިދާ ހުރި އަދި އުފެއްދުންތެރި ރަނގަޅު ސިފަތަކެއް ހުރި ބަޔަކަށް ހެދުމަށް ބާރު އަޅައި ވާގި ދިނުމަކީ ވެސް އެ އެވޯޑުގެ މަގްސަދެއް ކަމަށް ޔޫތު މިނިސްޓްރީ އިން ބުނެ އެވެ.

ޒުވާނުންގެ އިނާމަށް ހޮވޭ މީހުންނަށް އެވޯޑުގެ އިތުރުން ސެޓްފިކެޓާއި 25,000 ރުފިޔާގެ ފައިސާގެ އިނާމެއްދެ އެވެ.

މިދިޔަ އަހަރުގެ ޒުވާނުންގެ އިނާމު އަށް ބޭފުޅަކަށް ވަނީ ދީފަ އެވެ.

comment ކޮމެންޓް