ކަރަންގެ އާ ފިލްމުގައި ޕަރިނިތީ!

ކާމިޔާބު ޑައިރެކްޓަރު ކަރަން ޖޯހަރާ އެކު ކުޅަދާނަ ބަތަލާ ޕަރިނިތީ ޗޯޕްރާ

މަޝްހޫރު ކާމިޔާބު ޑައިރެކްޓަރު ކަރަން ޖޯހަރުގެ އާ ފިލްމުގައި ޕަރިނިތީ ޗޯޕްރާ ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެ ފިލްމަކީ ކަރަން އުފައްދާ ކުރު ފިލްމެކެވެ. އެއާ އެކު ޕަރިނިތީ ހުރީ އުފަލުން ފޮޅިފަ އެވެ. ދެހާސް ސާދަ ވަނަ އަހަރަށް ފަހު އެ ދެ މީހުން އެއްކޮށް ފިލްމެއްގައި މަސައްކަތް ކޮށްލުމުގެ ފުރުސަތު އަދި އެ ލިބުނީ އެވެ.

'ފަސްޓް ސްޕޮޓް' އަށް ދިން އިންޓަވިއުއެއްގައި ޕަރިނިތީ ބުނީ ދުވަސްތަކަކަށް ފަހު ކަރަން އާ އެއްކޮށް މަސައްކަތް ކޮށްލަން ލިބުމުން އުފާވާ ކަމަށެވެ.

"ތިން އަހަރަށް ފަހު ކަރަން އާ އެއްކޮށް މަސައްކަތްކޮށްލަން މި ލިބުނީ. އެންމެ ފަހުން ވެސް ފެނިގެންދިޔައީ 2014ގައި ނުކުތް "ހަސީ ތޯ ޕަސީ" އިން. މިއީ ވަރަށް ހެޕަނިންގް ކަމެއް. ފިލްމުގެ މަސައްކަތް ފެށުމަށް ކެތްމަދުވެ މިހުރީ،" އޭނާ ބުންޏެވެ.

ފިލްމީ ދާއިރާއާ ދުރުގައި ދެ އަހަރެއްހާ ދުވަހު ދުރުގައި އުޅުމަށް ފަހު ޕަރިނިތީ މިހާރު ހުރީ ވަރަށް ބޮޑަށް ބަދަލު އައިއްސަ އެވެ. މުޅި މީހާ ހުރީ ހިއްކާލައިފަ އެވެ. އެއާ އެކު އޭނާގެ ހެދުން އެޅުމުގެ ސްޓައިލަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ.

ޕަރިނީތީ ކުޅުނު "މޭރީ ޕިޔާރީ ބިންދޫ" މިއަހަރު ކުރީކޮޅު ރިލީޒްކޮށްފައިވާ އިރު "ގޯލް މާލް ރިޓާންސް" އަންނަ ހުކުރު ދުވަހު ރިލީޒްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް