އަނބިމީހާ ދެކެ ލޯބިވާކަން ހާމަކޮށްދިނުމަށް މި ކަންތައްތައް ކުރާށެވެ!

ފިރިމީހާ، އަނބިމީހާ ދެކެ ލޯބިވާކަން ހާމަކޮށްދިނުމަށް އަނބިމީހާ އަށްޓަކައި ފިރިމީހާ ކޮށްދެންވާނެ ކަންތައް ކަމަށް އަންހެނުން ގަބޫލު ކުރާ ކަންތައް ހުރޭ--

ހަމަ އެކަނި ލޯބިވެޔޭ ބުނުމުން އަނބިމީހާ ދެކެ ލޯބިވާކަން ހާމަ ކޮށްދެވުނީއެެއް ނޫނެވެ. އަނބިމީހާ ދެކެ ލޯބިވާކަން ބަހާއި އަމަލުން ވެސް ދައްކަންވާނެ އެވެ. އަންހެނުންނަކީ ބުނާ ބަހަށް ވުރެ އަނެކާގެ އަމަލުން ކަންތައް ދެނެގަންނަ ބައެކެވެ. އެގޮތުން ފިރިމީހާ، އަނބިމީހާ ދެކެ ލޯބިވާކަން ހާމަކޮށްދިނުމަށް އަނބިމީހާ އަށް ޓަކައި ފިރިމީހާ ކޮށްދެންވާނެ ކަންތައް ކަމަށް އަންހެނުން ގަބޫލު ކުރާ ކަންތައް ހުރެ އެވެ.

ހަދިޔާ ދިނުން: އަންހެނުންނަކީ ބައިވެރިޔާގެ ފަރާތުން ލިބޭ ހަދިޔާ އަށް އިންތިޒާރު ކުރަ ބައެކެވެ. ވަކި ހާއްސަ މުނާސަބަތަކާ ގުޅުވައިގެން ނޫނަސް ފިރިމީހާގެ ފަރާތުން ލިބޭ ހަދިޔާ އަކީ އަނބިމީހާ ދެކެ ވާލޯބި ހާމަކޮށްދިނުމަށް ކުރާ ކަމެއް ކަމަށް އަންހެނުން ގަބޫލު ކުރެ އެވެ.

ތައުރީފު ކުރުން: އަންހެނުންނަކީ ތައުރީފު ބޭނުންވާ ބައެކެވެ. އެއީ އަންހެނުންގެ ތަބީއަތުގައި ހުންނަ ކަމެއް ކަމަށް ބައެއް މީހުން ދެކެ އެވެ. ހަމަ އެކަނި "ވަރަށް ލޯބިވެޔޭ" ބުނުމުގެ ބަދަލުގައި އަނބިމީހާ އަށް ތައުރީފުކޮށް ބަހެއް ބުނެލާށެވެ. އެގޮތުން އަނބިމީހާ ކައްކާ އެއްޗެއްސާ ގުޅޭ ގޮތުން ޕޮޒިޓިވް ކޮމެންޓެއް ކޮށްލާ، އަނބިމީހާގެ ފަރާތުން ފިރިމީހާ އަށް ލިބޭ އުފަލާއި ހިތްހަމަޖެހުން ފާހަގަކޮށް އަނބިމީހާ އަށް ޝުކުރުވެރިވާކަން ހާމަކުރާށެވެ.

އެކުގައި ވަގުތު ހޭދަކުރުން: ބިޒީ ޝެޑިއުލުން އަނބިމީހާ އަށްޓަކައި ވަގުތު ހުސްކުރާށެވެ. ދެމީހުން އެކުގައި ހޭދަކުރާ ވަގުތަކީ ދެމީހުންގެ ގުޅުން ވަރުގަދަ ކުރުމަށް ވެސް މުހިއްމު ކަމެކެވެ. އަނބިމީހާއާ އެކު ޗުއްޓީއެއް ހަދާލަން ދެތިން ދުވަހުގެ ޗުއްޓީއެއް ވެސް ނެގިދާނެ އެވެ. ނޫނީ ހަފްތާގެ ހަތް ދުވަހުގެ ތެރެއިން ކޮންމެވެސް އެއް ދުވަހަކީ ދެމަފިރިންގެ ހާއްސަ ދުވަހަކަށް ހެދިދާނެ އެވެ. މީގެ އިތުރުން ދުވަހުގެ 24 ގަޑިއިރުގެ ތެރެއިން ކޮންމެވެސް އެއް ވަގުތެއް ދެމީހުން އެކުގައި ހޭދަކުރާ ވަގުތަކަށް ހަދަން މަސައްކަތް ކުރާށެވެ.

އަނބިމީހާ އަށް ފަސޭހަކޮށްދިނުން: ގޭތެރޭ އަނބިމީހާ ކުރާ މަސައްކަތުގައި އަނބިމީހާ އަށް އެހީތެރިވެދީ ހަދާށެވެ. ބަދިގޭގައި ކައްކަން އުޅޭ ވަގުތު އަނބިމީހާ އަށް އަތް ގާތްކޮށްލަދީ ހެދިދާނެ އެވެ. ނޫނީ ގޭތެރެ ސާފު ކުރާ ދުވަހެއްގައި އަނބިމީހާ އަށް ފަސޭހަކޮށްދިނުމަށް އެހީތެރިވެވިދާނެ އެވެ.

މިފަދަ ކުދިކުދި ކަންތަކަކީ އަނބިމީހާ ދެކެ ލޯބިވާކަން އަމަލުން ދައްކައިދިނުމަށް ފިރިހެނުންނަށް ކުރެވިދާނެ ކަންތަކެވެ.

މަސްދަރު: ފެމެލީ ޝެއާ

comment ކޮމެންޓް