އިސްލާމިކް ބޭންކްގެ ފިސާ ކާޑް ބޭނުންކޮށްގެން ލެމަންގްރާސް އިން ޑިސްކައުންޓް

ސިޓްރޮން ބައި ލެމަން ގްރާސް -- ފޮޓޯ/ ސިޓްރޮން

މޯލްޑިވްސް އިސްލާމިކް ބޭންގެ (އެމްއައިބީ) ފިސާ ކާޑް ބެނުންކޮށް ލެމަން ގްރާސްގެ ތިން ރެސްޓޯރަންޓަކުން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެމްއައިބީން މިއަދު ބުނީ މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ ނިޔަލަށް އެ ޕްރޮމޯޝަން ކުރިއަށް ދާނެ ކަމަށެވެ.

އެމްއައިބީގެ އެ ޕްރޮމޯޝަންގައި ލެމަންގްރާސްގެ، ލެމަންގްރާސް ސީ ވިއު، ސިޓްރޮން ބައި ލެމަން ގްރާސް އަދި ލެމަން ގްރާސް ފިފްތު ރެސްޓޯރަންޓުން ކެއުމަށްފަހުގައި އެމްއައިބީގެ ފިސާ ކާޑް ބޭނުންކޮށްގެން ޖުމްލަ ބިލުން ފަސް ޕަސެންޓްގެ ޑިސްކައުންޓް ލިބޭނެ ކަމަށް އެ ބޭނުން ބުންޏެވެ.

comment ކޮމެންޓް