ރައީސް ޔާމީން ޔޫއޭއީއަށް މިއަދު ފުރާވަޑައިގަންނަވަނީ

ރައީސް ޔާމީންގެ ދެކަނބަލުން ނަވާޒު ޝަރީފަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓުގައި --- ފައިލް ފޮޓޯ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބި އެމިރޭޓްސްއަށް މިއަދު ފުރާވަޑައިގަންނަވަން ހަމަ ޖެހިއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ދެކަނބަލުން ޔޫއޭއީއަށް ވަޑައިގަންވަނީ އެގައުމުގެ ރައީސް ހަލީފާ ބިން ޒައިދް އަލް ނަހްޔާނުގެ ދައުވަތަކަށް ކަމަށެވެ.

އެ ދަތުރުފުޅުގައި ރާއްޖެއާ ޔޫއޭއީ އާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކުރެވިގެންދާނެ ކަމަށް މުއާޒް ވިދާޅުވި އެވެ. އެގޮތުން ޑިޕްލޮމެޓިކް އަދި އޮފިޝަލް ވިސާ ދޫކުރުމާ ބެހޭ އެއްބަސްވުމަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ އެއްބަސްވުމެއް ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.

އެ ދަތުރުފުޅުގައި ރައީސް ޔާމީންގެ ދެކަނބަލުންނާއެކު ފޮރިން މިނިސްޓަރު މުހައްމަދު އާސިމް އާއި އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައިވެރިވެ ވަޑައިގަންނަވައެވެ.

comment ކޮމެންޓް