ޕާޓީ ޑްރަގްސްގެ ބާވަތެއް އައްޑުއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފި

ކަސްޓަމްސްއިން އަތުލައިގެން ޕާޓީ ޑްރަގްސް --- ފޮޓޯ/ ކަސްޓަމްސް

ޕާޓީ ޑްރަގްސްގެ ބާވަތެއް ކަމަށްވާ އެކްސްޓަސީގެ ގުޅަތަކެއް ޕޯސްޓްގެ ޒަރީއާއިން އައްޑޫއަށް އެތެރެކުރަން އުޅެނިކޮށް އައްޑު އަތޮޅު ގަން ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ އެ ޕާރުސަލަކީ ނެދަލޭންޑްސް މަގުން ރާއްޖެ އައި ޕާރުސަލެއް ކަމަށެވެ. އަދި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ގުޅަތަކެއް ހުރެގެން އެ ޕާރިސަލުގެ ވެރި ފަރާތުގެ ހާޒިރުގައި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެކްސްޓަސީއަށް ޕޮސިޓިވް ވެފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްއިން އަތުލައިގެން ޕާޓީ ޑްރަގްސް --- ފޮޓޯ/ ކަސްޓަމްސް

އޭގެ ތެރޭގައި ފަސް ޑިޒައިނަކަށް ހުރި 503 ގުޅަ ހުރި ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އޭގެ ބަރުދަނުގައި 244.60 ގުރާމު ހުރި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން އަތުލައިގެން ބާވަތުގެ މަސްތުވާތަކެއްޗަކީ ޕާޓީ ޑްރަގްސްގެ ތެރޭގައި ހިމެނޭ މަސްތުވާތަކެތީގެ ބާވަތެއްކަމަށް ބެލެވޭ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.

ޕާރުސަލުގެ ވެރިފަރާތް ތަހުގީގަށް ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.

comment ކޮމެންޓް