ތާޕްސީ ޕަންނު ފިލްމް "މުލްކް"ގައި ހަރަކާތްތެރި ވަނީ

'މުލްކް'ގައި ހަރަކާތްތެރިވާ އަންހެން ބައިވެރިޔާ ތާޕްސީ ޕަންނު

ކާމިޔާބު ފިލްމު "ޖުޅްވާ 2" އަށް ފަހު ފިލްމު 'މުލްކް'ގެ ޝޫޓިންގް ޓާޕްސީ ޕަންނު ހަރަކާތްތެރިވާން ނިންމައިފި އެވެ.

އަނުބަވް ސިންހާ ޑައިރެކްޓްކޮށް އުފައްދާ އެ ފިލްމުގެ ޝޫޓިން މިހާރު ފަށާފައިވާ އިރު ފިލްމުގައި ތާޕްސީ އަދާކުރަނީ ރިޝީ ކަޕޫރުގެ ޅީ ދަރީގެ ރޯލެވެ. އޭނާ ކުޅުމަށް ހަމަޖެހިފައި ވަނީ ލޯޔަރެއްގެ ބައެވެ.

"ފިލްމަކީ ވަރަށް ސަޅި ކޮންސެޕްޓް އެއްގެ މައްޗަށް އެކުލެވިގެންވާ ފިލްމެއް. ސޯޝަލް ތްރިލާ ފިލްމެއް މިއީ. ހިތްރޮއްވާލާ ފަދަ އިމޯޝަންގެ ބައިތަކުން ފުރިގެންވާ ފިލްމެއް،" އޭނާ ބުންޏެވެ.

ފިލްމުގައި ތާޕްސީގެ އިތުރުން ހަރަކާތްތެރިވާ ފަންނާނުންނަކީ ޕްރެތިކް ބައްބާރު، ރާޖަތް ކަޕޫރު، އާޝުތޯޝް ރަނާގެ އިތުރުން ނީނާ ގުޕްޓާއެވެ.

comment ކޮމެންޓް