'ފާސްޓް އެންޑް ފިއުރިއަސް 9' ރިލީޒްކުރާ ތާރީހް ފަސްވެއްޖެ!

'ފާސްޓް އެންޑް ފިއުރިއަސް' ގައި ހަރަކާތްތެރިވާ ދެ ތަރިން

ދެހާސް ނަވާރަ ވަނަ އަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ "ފާސްޓް އެންޑް ފިއުރިއަސް 9" 2020 ވަނަ އަހަރު ރިލީޒްކުރާ ގޮތަށް ފަސްކޮށްފިއެވެ.

ކާމިޔާބު ފްރެންޗައިޒްގެ އެ ފިލްމަކީ ގިނަ ބަޔަކު އެ ފިލްމުގެ އާބަޔަކަށް އިންތިޒާރުކުރަމުން އަންނަ ފިލްމެކެވެ. އެ ހަބަރާއެކީ ފިލްމުގެ ސަޕޯޓަރުން މާޔޫސްކޮށްލާނެކަން ގައިމެވެ.

ޔުނިވާސަލް އިން ބުނީ ކާމިޔާބު ފްރެންޗައިޒްގެ ނުވަވަނަ ފިލްމް ކުރިން 2019 އަހަރުގެ އެޕްރީލް މަހުގެ 19 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވީނަމަވެސް ފިލްމް މިހާރު ރިލީޒްކުރަން ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުގެ އެޕްރީލް މަހުގެ 10 ވަނަ ދުވަހުގައި ކަމަށެވެ.

ފިލްމު ފަސް ކުރި ސަބަބެއް ޔުނިވާސެލް އިން ބުނެފައި ނުވާއިރު ބޭރުގެ ހަބަރުތައް ބުނާ ގޮތުގައި ފިލްމުގެ މައިގަނޑު ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ އެ ފިލްމްގެ ކުރީގެ އަށް ފިލްމުން ވެސް ފެނިގެން ދިޔަ ވިން ޑީޒެލް އާއި ޑްވޭން (ރޮކް) ޖޯންސަން އަދި ޖެސެން ސްޓެތަމް އެވެ.

"ފާސްޓް އެންޑް ފިއުރިއަސް" އަކީ 2001 ވަނަ އަހަރުން ފެށިގެން ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ފްރެންޗައިޒް އެކެވެ.

comment ކޮމެންޓް