ޖަރުމަނުގެ ކްލިނިކަކުން އޮޅިގެން މީހެއްގެ ކިޑްނީ ނަގައިފި

އޮޅިގެން ކިޑްނީ ނެގި ޒުވާނާ ކެރީމް އޭނާގެ މައިންބަފައިންނާ އެކު--

ޖަރުމަނުގެ ކްލިނިކަކުން އޮޅިގެން އަށާރަ އަހަރުގެ ކުއްޖެއްގެ ކިޑްނީ ނަގައިފި އެވެ.

ކެރީމް ރަމަޒާން އުސަރު ޖަރުމަނުގެ ބްރެމަންގައި ހުންނަ ކްލިނިކަށް ދިޔައީ ލޭގެ ބައްޔަކަށް ފަރުވާ ކުރުމަށް ހުންކޮށީގެ އޮޕަރޭޝަނެއް ކުރުމަށެވެ.

ކެރީމްއަށް ޕެތަލޮޖީ ރިޕޯޓް ލިބުމުން އޭގައި އޭނާގެ ކިޑްނީ ނަގައިފައިވާ ކަމަށް އޮތުމުން އޭނާއަށް ވެސް ލިބުނީ ޝޮކެކެވެ.

ތުރުކީގެ އަނަދޮލޫ އޭޖެންސީއަށް ކެރީމް ކިޔައިދިން ގޮތުގައި އޭނާ އެ އޮޕަރޭޝަން ކުރަން ދިޔައީ އޭނާއަށް ވާރުތަ ކޮށްފައިވާ ބަލީގެ ސަބަބުން މާ ބޮޑަށް ވަރުބަލިވާތީ އެވެ. އަދި އެ އޮޕަރޭޝަނަކީ އާދައިގެ ވަރަށް ކުޑަކުޑަ އޮޕަރޭޝަނެއް ކަމަށް ޑޮކްޓަރު ބުނި ކަމަށާއި އަދި ވަރަށް އަވަހަށް ދޫ ކޮށްލާނެ ކަމަށް ބުނި ކަމަށް ވެސް ކެރީމް ބުންޏެވެ.

"އޮޕަރޭޝަނަށް ފަހު އަަހަރެން ވަަރަށް ބޮޑަށް ބަލިވި. އޭގެ ފަހުން އަހަރެންނަށް ވަރަށް ތަދުވޭ އަދި ހޮޑުވެސް ލެވޭ. ކިޑްނީ އެ މީހުންނަށް އޮޅޭނީ ކިހިނެއް. ކްލިނިކުން އަހަރެންގެ ދިރިއުޅުން ބަނަކޮށްލައިފި. ދެން އަނެއްކާ ވެސް އަހަރެން ދާންވީ 'ހުންކަށި' އޮޕަރޭޝަން ކުރަންތަ؟" ކެރީމް ބުންޏެވެ.

ކެރީމްގެ ބައްޕަ ބުނީ އެ މައްސަލާގައި އެ ކްލިނިކާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށެެވެ. އެ ކްލިނިކުން އެ ހާދިސާއާ މެދު މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

comment ކޮމެންޓް