ޕްރީ އޯޑާކޮށްގެން އައިފޯން 8 ގަތުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފި

އައިފޯން 8 އަދި އައިފޯން 8 ޕްލަށް --

އެޕަލް ކުންފުނިން އެންމެ ފަހުން ނެރުނު އައިފޯން، އައިފޯން 8 އާއި 8 ޕްލަސްގެ ޕްރިއޯޑާތައް މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ނަގަމުންދާ ކަމަށް އުރީދޫއިން ބުނެފިއެވެ.

އުރީދޫގެ ވެބްސައިޓްގައި އައިފޯން ގެ ޕްރީ އޯޑާ ނެގުމަށް ހުޅުވާލައިފައި ވާއިރު ދެ ގޮތަކަށް އެ ފޯނު ވިއްކަން ހަމަޖެހިފައިވާކަމަށް އުރީދޫއިން ބުންޏެވެ. އެއީ އިންސްޓޯލްމަންޓަށް ބަހާލައިގެން ފޯނު ގަތުމާއި އެއްފަހަރާ ލާރި ދެއްކުމަށް ފަހު ފޯނު ގަތުން ކަމަށް އުރީދޫއިން ބުންޏެވެ.

އިންސްޓޯލްމަންޓަށް ފޯނު ގަތުމަށް އެޑްވާންސް ފައިސާގެ ގޮތުގައި 2499 ރުފިޔާ ދައްކައި ބާކީ ފައިސާ 12 މަސް ދުވަހަށް ބަހާލައިގެން ދެއްކޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

އައިފޯން 8 ގެ 64 ޖީބީގެ ފޯނެއް ނަމަ މަހަކު 1050 ރުފިޔާ، އައި ފޯން 8 ގެ 256 ޖީބީގެ ފޯނެއް ނަމަ 1321 ރުފިޔާ 12 މަސް ދުވަހަށް ބަހާލައިގެން ދައްކަން ޖެހޭނެ އެވެ. އަދި އައިފޯން 8 ޕްލަސް ގެ 64 ޖީބީގެ ފޯނެއް ނަމަ 1233 ރުފިޔާ، އައިފޯން 8 ޕްލަސް ގެ 256 ޖީބީގެ ފޯނަށް 1492 ރުފިޔާ 12 މަސް ދުވަހަށް ބަހާލައިގެން ދައްކަން ޖެހޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫ އިން ބުނީ އިންސްޓޯލްމަންޓަށް ފޯނު ދޫކުރާއިރު އެ ފަރާތަކީ ޕޯސްޓްޕެއިޑް ކަސްޓަމަރަކަށް ވާންޖެހޭނެ ކަމަށާއި އަދި ނުދައްކާ އޮތް އެއްވެސް ބިލެއް އަދި އެހެން އެއްޗެއްގެ ވެސް އިންސްޓޯލް މަންޓް ފައިސާއެއް އޮވެގެން ނުވާނެ ކަމަށެވެ. އަދި އޭގެ އިތުރުން އުރީދޫގެ ނެޓްވާކް ބޭނުން ކުރައްވާތާ މަދުވެގެން ތިން މަސްވެފައި ވާންވާނެ ކަމަށް ވެސް އުރީދޫއިން ބުންޏެވެ.

އެއްފަހަރުން ފުލް ޕޭމަންޓްގައި އުރީދޫއިން އައިފޯން ވިއްކާ އަގަކީ، އައިފޯން 8 ގެ 64 ޖީބީ 14949 ރުފިޔާ އަދި އައިފޯން 8 ގެ 256 ޖީބީ 17849 ރުފިޔާ އަށް ކަމަށް އުރީދޫއިން ބުންޏެވެ. އައިފޯން 8 ޕްލަސްގެ 64 ޖީބީ 16999 ރުފިޔާ އަށް ވިއްކާއިރު އައިފޯން 8 ޕްލަސްގެ 256 ޖީބީ ވިއްކަން ހަމަޖެހިފައިވަނީ 19949 ރުފިޔާ އަށްކަމަށް ވެސް އުރީދޫއިން ބުންޏެވެ.

އުރީދޫއިން އައިފޯން ގަންނަ ކޮންމެ މީހަކަށް ތިން ޖީބީ ގެ ހިލޭ ޑޭޓާ 12 މަސް ވަންދެން ލިބޭނެކަމަށް އުރީދޫއިން ބުންޏެވެ. އުރީދޫއިން އައިފޯން ޕްރީ އޯޑަރު ކުރެއްވުމާއި އެކަމާ ބެހޭ އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓުން ލިބެންހުންނާނެކަމަށް އުރީދޫއިން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް