ރާއްޖޭގައި ބަައިނަލްއަގުވާމީ އެއާޕޯޓެއް ހަދަން އިންޑިއާގެ ކުންފުންޏަކަށް ދައުވަތު ދީފި

އޫލާލާ އިންޑިއާގެ ޗެއާޕާސަން އަންކާ ވަރްމާ (ކ) އަދި ފިރިމީހާ އަބީޝެކް ވަރްމާ ---

އިންޑިއާގެ ކުންފުންޏަކަށް ރާއްޖޭގައި ބައިނަލްއަގުވާމީ އެއާޕޯޓެއް ހަދަން ސަރުކާރުން ދައުވަތު ދީފި އެވެ.

އޫލާލާ އިންޑިއާ ކިޔާ ކުންފުންޏެއްގެ ޗެއާޕާސަން އަންކާ ވަރްމާއަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ސޮއި ކުރައްވައި ފޮނުވާފައިވާ ސިޓީއެއްގައި ވަނީ 'ބިލްޑް، އޯން، ޓްރާންސްފާ' މޮޑެލްގެ ދަށުން ރާއްޖޭގައި އެއާޕޯޓެއް ހަދައި، 50 އަހަރުވަންދެން ހިންގަން ދައުވަތު ދީފައެވެ. 50 އަހަރު ފަހުން އެއާޕޯޓު ސަރުކާރާ ހަވާލު ކުރެވޭނެ އެވެ.

އޫލާލާ އިންޑިއާގެ ތަރުޖަމާނާ ހަވާލާދީ އޭޝިއާ ނިއުސް ޗެނަލް އިންޑިއާގައިވާ ގޮތުން އެކުންފުނިން އަންނަ އަހަރު ތެރޭގައި އާ އެއާލައިނެއް ތައާރަފް ކުރާނެ އެވެ. އަދި އެކުންފުނިން ރާއްޖޭގައި ހަދާ އެއާޕޯޓު ނިމުމުން، ލިތުއޭނިއާ، ޖަރުމަނު އަދި އިނގިރޭސިވިލާތުން ރާއްޖެއަށް ސީދާ ދަތުރުތައް ކުރާނެ އެވެ. މީގެ އިތުރުން އެޕްރޮޖެކްޓުގެ ސަބަބުން ރާއްޖެއަށް 500 މިލިއަން ޑޮލަރުގެ ފޮރިން އިންވެސްޓްމެންޓު ލިބޭނެ ކަމަށްވެސް ތަރުޖަމާނު ވިދާޅުވި އެވެ.

އޫލާލާ ކުންފުނީގެ ޗެއާޕާސަން އަންކާ ވަރުމާ އަކީ ރޫމޭނިއާގެ ކުރީގެ ރީތީގެ ރާނީ އެކެވެ.

comment ކޮމެންޓް