މަސީހު ރަޝިޔާގެ ރައީސް ޕޫޓިންއާ ބައްދަލު ކުރައްވައިފި

ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން(ކ)މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު(ވ)--

އިންޓަ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) ބައްދަލު ވުމަށް ރަޝިޔާ އަށް ޑައިގެން އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިންއާ ބައްދަލުކުރައްވައިފި އެވެ.

އެމަނިކުފާނު ޕޫޓިން އާ ބައްދަލު ކުރައްވާފައި ވަނީ ކޮން ދުވަހަކު ކަމެއް ނޭނގެ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ޕޫޓިންއާ އެކު މަޖިލީހުގެ ރައީސް ނަންގަވާފައިވާ ފޮޓޯތަކެއް އާންމު ކުރައްވައިފަ އެވެ.

މަސީހު ޕޫޓިންއާ ބައްދަލު ކުރައްވާފައި ވަނީ އައިޕީޔޫ ބައްދަލުވުމުގެ ހަވާސާގެ ތެރެއިންނެވެ. އައިޕީޔޫގެ ބައްދަލުވުން އޮންނަނީ އިއްޔެ އާއި މިއަދާއި މާދަމާ މޮސްކޯގަ އެވެ.

އައިޕީޔޫގެ 137 ވަނަ ބައްދަލުވުމުގައި ބައިވެރިވުމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހްމަދު ނިހާން ހަސަން މަނިކާއި ކެނދިކުޅުދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަލީ މައުރޫފާއި މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދާއި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވެސް ވަނީ ރަޝިޔާއަށް ވަޑައިގެންފަ އެވެ.

އައިޕީޔޫގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ވަޑައިގަތް ވަފުދުގެ މަސައްކަތާއި އެ ބޭފުޅުން އެ ބައްދަލުވުމުގައި އަދާ ކުރައްވާނެ ރޯލާ ގުޅޭ ގޮތުން މަޖިލީހުގެ އިދާރާ އިން އަދި އެއްވެސް އެއްޗެއް ބުނެފައެއްނުވެ އެވެ.

އައިޕީޔޫގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް މަސީހު ރަޝިޔާ އަށް ވަޑައިގެންނެވި އިރު ދާދި ފަހުން ވަނީ ސްރީލަންކާގައި އޮތް ސާކް ސަރަހައްދުގެ ރައްޔިތުންގެ މަޖިލިސްތަކުގެ ރައީސުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފަ އެވެ.

comment ކޮމެންޓް