އަދި ފަގީރުންގެ ލިސްޓުގައި ނަންނޯޓް ކޮށްފައިވާ މީހުންގެ އައިޑީކާޑު ހިފައިގެން ބަދަލުގައި މީހަކު އައިކަމުގައިވީ ނަމަވެސް އެއީ ވެރިފަރާތުން ފޮނުވި މީހެއްކަމުގައި ބަލައި، އެ މީހެއްގެ ފައިސާ އައިޑީކާޑު ހިފައިގެން އަންނަ މީހާއަށް ދޫކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ މީހުންނަށް މުދަލު ޒަކާތް ބެހުމުގެ މަސައްކަތް މިނިސްޓްރީން ކުރިއަށް ގެންދާއިރު، އެ މަސައްކަތް އަތޮޅު ތެރޭގައި ކުރިއަށް ގެންދާނީ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުން ކަމަށެވެ. އަދި މުދަލު ޒަކާތް ބަހަން ފަށާނެ ދުވަހެއް ކަނޑައަޅާނީ އެ ކައުންސިލަކުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.