ދިވާސް 2017: ދިވެހި ޑިޒައިނަރުންގެ ހުނަރު ދައްކާލަދީފި

ދިވާސް 2017 ފެޝަން ޝޯވ ގެ ތެރެއިން. މި ޝޯވ ގައި ދިވެހި ހަ ޑިޒައިނަރެއްގެ މަސައްކަތް ވަނީ ފެނިގެން ގޮސްފައި - ސަން ފޮޓޯ / ފަޔާޒު މޫސާ

ރޭ ދަރުބާރުގޭގައި ބޭއްވި "ދިވާސް 2017" ފެޝަން ޝޯވ އިން ރާއްޖޭގައި ތިބި ފެޝަންޑިޒައިނަރުންގެ ހުނަރު ވަރަށް ފުރިހަމައަށް ދައްކައިދީފިއެވެ.

ރާއްޖޭގައި ފެޝަން ޑިޒައިނަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތް އެއް ޕްލެޓްފޯމަކުން ދައްކައިލުމުގެ މަގްސަދުގައި ބޭއްވި މި އިވެންޓަށް ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފައެވެ.

ދިވާސް 2017 ފެޝަން ޝޯވ ހުޅުވުމުގެ ރަސްމިއްޔާތުގައި ޔޫތް މިނިސްޓަރ އިރުތިޝާމް ވާހަކަ ދައްކަވަނީ. މި ޝޯވ ގައި ދިވެހި ހަ ޑިޒައިނަރެއްގެ މަސައްކަތް ވަނީ ފެނިގެން ގޮސްފައި - ސަން ފޮޓޯ / ފަޔާޒު މޫސާ

ދިވާސް 2017 ފެޝަން ޝޯވ ހުޅުވުމުގެ ރަސްމިއްޔާތުގައި ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމް ބައިވެރިވެލެއްވިއެވެ. މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، ދިވެހި ޒުވާނުންތަކެއް އިސްނަގައިގެން މިފަދަ ކަމެއް ކުރުމަކީ ސަރުކާރުން އުފަލާއެކު އެކަން ބަލައިގަންނަ ކަމެއް ކަމަށެވެ. އަދި ޒުވާނުންގެ ހުނަރު ކުރިއެރުވުމަށް މި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ ރާއްޖޭގައި އާންމުކޮށް ނުފެންނަ ފަދަ ހަރަކާތެއް ނަމަވެސް ދިވެހިންގެ ހުނަރު ކުރިއެރުވުމަށާއި ހުނަރުވެރިންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް މިފަދަ ހަރަކާތްތައް ބޭއްވުމުގެ މުހިއްމުކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

"މިފަދަ ކަންތަކުގައި ކުރިއަށް ދިއުމަށް އޮޕަޒިއުނިޓީސް ކްރިއޭޓް ކުރުން މުހިއްމު، ހާޢްސަ ކޮށް އަންހެނުން. އަންހެނުންނަށް ވީނަމަވެސް، ކުރިއަށް ދިއުމަށް މަސައްކަތް ކުރަން ޖެހޭ،" މިފަދަ ފެޝަން ޝޯވ ތަކުގެ ޒަރިއްޔާއިން ދިވެހިންގެ ސަގާފަތްވެސް ދައްކައިދިނުން މުހިއްމު ކަން ފާހަގަކުރައްވަމުން މިނިސްތަރު ވިދާޅުވިއެވެ.

ދިވާސް 2017ގައި ހަ ފެޝަން ޑިޒައިނަރުންގެ މަސައްކަތް ވަނީ ދައްކައިދީފައެވެ.

ދިވާސް 2017 ފެޝަން ޝޯވ ގެ ތެރެއިން. މި ޝޯވ ގައި ދިވެހި ހަ ޑިޒައިނަރެއްގެ މަސައްކަތް ވަނީ ފެނިގެން ގޮސްފައި - ސަން ފޮޓޯ / ފަޔާޒު މޫސާ

އެގޮތުން 1996 ވަނަ އަހަރުން ފެށިގެން ފެޝަން ޑިޒައިނަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ އިބޫގެ ކަލެކްޝަންގައި ދައްކައިދީފައިވަނީ "ފްލޯރަލް" މި ތީމް އަށް ތައްޔާރުކޮށްފައިވާ ހެދުންތަކެކެވެ.

ދިވާސް 2017 ފެޝަން ޝޯވ ގެ ތެރެއިން. މި ޝޯވ ގައި ދިވެހި ހަ ޑިޒައިނަރެއްގެ މަސައްކަތް ވަނީ ފެނިގެން ގޮސްފައި - ސަން ފޮޓޯ / ފަޔާޒު މޫސާ

ފެޝަން ޑިޒައިނަރ ވިލީނިއާ ނުވަތަ ވިލީގެ ކަލެކްޝަން ގައި ބޮޑަށް ދައްކައިދީފައިވަނީ "ޓްރޮޕިކަލް ފީލިންގ" އެއްގެ ހެދުންތަކެކެވެ. ވިލީގެ ކަލެކްޝަންގައި ޕީޗް އަދި އަކުއާ އާއި ހުދު ކުލަ ބޮޑަށް ބެނުން ކޮށްފައިހުރިކަން ފާހަގަކޮށްލެވެއެވެ.

ދިވާސް 2017 ފެޝަން ޝޯވ ގެ ތެރެއިން. މި ޝޯވ ގައި ދިވެހި ހަ ޑިޒައިނަރެއްގެ މަސައްކަތް ވަނީ ފެނިގެން ގޮސްފައި - ސަން ފޮޓޯ / ފަޔާޒު މޫސާ

ފެޝަން ޑިޒައިނަރ ފާތުންގެ ކަލެކްޝަން ޕްރެޒެންޓްކޮށްދީފައިވަނީ "ބޯލްޑް" ކަލެކްޝަންއެއްގެ ގޮތުގައެވެ. ފާތުންގެ ކަލެކްޝަންގައި ފެނިގެން ގޮސްފައިވަނީ ސިމްޕަލް ނަމަވެސް ބޯލްޑް އިހުސާސްއެއް ގެނުވައިދޭ ހުދު ކުލަައިގެ ހެދުންތަކެކެވެ.

ދިވާސް 2017 ފެޝަން ޝޯވ ގެ ތެރެއިން. މި ޝޯވ ގައި ދިވެހި ހަ ޑިޒައިނަރެއްގެ މަސައްކަތް ވަނީ ފެނިގެން ގޮސްފައި - ސަން ފޮޓޯ / ފަޔާޒު މޫސާ

"ގޮވެލި" ގެ ނަމުގައި ފަލަކް ނަސީމް ދައްކައިދިން ކަލެކްޝަން އަކީ "ކައު ބޯއީ" އިންސްޕަޔަރޑް ކަލެކްޝަން އެކެވެ.

ދިވާސް 2017 ފެޝަން ޝޯވ ގެ ތެރެއިން. މި ޝޯވ ގައި ދިވެހި ހަ ޑިޒައިނަރެއްގެ މަސައްކަތް ވަނީ ފެނިގެން ގޮސްފައި - ސަން ފޮޓޯ / ފަޔާޒު މޫސާ

ފިލްމީތަަރި އަދި ޑިޒައިނަރ އިސްމާއިލް ޖުމައިހް (ޖުމާ)ގެ ޑިޒައިންތައްވެސް ރޭ ވަނީ ފެނިގެން ގޮސްފައެވެ. ވިދާ ބަބުޅާ، ޖަރީ ކޮށްފައިވާ ހެދުންތަކެއް ޖުމާގެ ކަލެކްޝަންގައި ފެނިގެން ގޮސްފައިވާއިރު މިއީ "ގެލެކްސީ" ތީމްގެ ދަށުން ޖުމާ ތައްޔާރުކޮށްފައިވާ ކަލެކްޝަންއެކެވެ.

ދިވާސް 2017 ފެޝަން ޝޯވ ގެ ތެރެއިން. މި ޝޯވ ގައި ދިވެހި ހަ ޑިޒައިނަރެއްގެ މަސައްކަތް ވަނީ ފެނިގެން ގޮސްފައި - ސަން ފޮޓޯ / ފަޔާޒު މޫސާ

ރޭގެ ޝޯވގައި އެންމެ ފާހަގަވީ އިމާދުއްދީން ސްކޫލުގެ ހާއްސަ އެހީ އަށް ބޭނުންވާ ކްލާސް "ޖްވެލްސް"ގެ ދަރިވަރުންނާއެކު މަޝްހޫރު ޕްރެޒެންޓަރު މަރިޔަމް ވަހީދާ އަދި ޑިޒައިނަރު ނާޒިޔާ ތައްޔާރުކޮށްފައިވާ އާޓިސްޓިކް ޓޭލްސް އޮފް ޖްވެލްސް ކަލެކްޝަންއެވެ. މި މަސައްކަތް މިއަހަރުގެ ކުރީކޮޅުވެސް ވަނީ ދައްކައިލަ ދީފައެވެ.

ދިވާސް ޝޯވގައި ރޭ ރީތި ހެދުންތަކެއް ފެނިގެން ދިޔައިރު މަޝްހޫރު ލަވަކިޔުންތެރިންގެ ހުށަހެޅުންތައްވެސް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން ޔާމީން އާއި ރިޒޫ ވަނީ ރޭގެ ޝޯ ގައި ލަވަ ހުށަހަޅައިދީފައެވެ. މީގެ އިތުރުން ފިލްމީތަރި އައްޒަގެ ހުށަހެޅުމަކާއި ޑީޖޭ ނާޒިޔާގެ ހުށަހެޅުންތައްވެސް ރޭ ވަނީ ފެނިގެން ގޮސްފައެވެ.

comment ކޮމެންޓް