ލާމު ލިންކު ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ޒަޚަމްވި ދެ މީހަކަށް ފަރުވާދެނީ

ލ. ލިންކު ރޯޑުގައި މީގެކުރިން ހިނގި އެކްސިޑެންޓެއް --- ފޮޓޯ/ ފޭސްބުކް

ލާމު ލިންކު ރޯޑުގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ޒަޚަމްވި ދެ މީހަކަށް ގަން ރީޖިނަލް ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 9:22 ހާއިރު އެ އެކްސިޑެންޓް ހިނގާފައި ވަނީ ގަމު ތުނޑީ އަވަށު ވޮލީ ކޯޓު ކައިރި ސިނާއީ މަގުގައި ކަމަށެވެ.

ދެ ސައިކަލެއް ޖެހި ހިނގި އެ އެކްސިޑެންޓުގައި ޒަޚަމްވެފައި ވަނީ 34 އަހަރުގެ ފިރިހެނަކަށާއި 30 އަހަރުގެ އަންހެނަކަށް ކަމަށް މީޑިއާ އޮފިިޝަލް ވިދާޅުވިއެވެ.

ގަމު ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އެ ދެ މީހުންގެ ހާލު ސީރިއަސް ނޫން ކަމަށެވެ. އެ ދެ މީހުންގެ ތެރެއިން ފިރިހެން މީހާ އަށް އެމަޖެންސީ ރޫމްގައި ފަރުވާދެމުން އަންނަ ކަމަށާއި އަންހެން މީހާގެ އެކްސްރޭއެއް ނަގަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ދެ މީހުންގެ ހާލު ވެސް ސީރިއަސްއެއް ނޫން. އަންހެން މީހާގެ ހާލަތު އިތުރަށް އެނގޭނީ އެކްސްރޭ ނިމުމުން،" އޮފިޝަލް ވިދާޅުވިއެވެ.

comment ކޮމެންޓް