ޗައިނާއާއެކު ގުޅުން ގާއިމްކުރުން ފާހަގަކުރުމަށް ކުޅުނު ފުޓްބޯޅަ މެޗުން ރާއްޖެ މޮޅުވެއްޖެ

ޗައިނާއާ ރާއްޖެ ޑިޕްލެމެޓިކް ގުޅުން ގާއިމުކުރިތާ 45 އަހަރު ފާހަގަ ކުރުމުގެ ގޮތުން ކުޅުނު މެޗްގެ ތެެރެއިން--

ޗައިނާއާއި ރާއްޖެއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 45 އަހަރު ފާހަގަކުރުމުގެ ގޮތުން ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު ފުޓްބޯޅަ މެޗެއް ކުޅެފިއެވެ.

ރާއްޖޭގެ އެމްބަސީ އަދި ޗައިނާ ފޮރިން މިނިސްޓްރީގެ އޮފިޝަލުންނާއި އެބޭފުޅުންގެ އާއިލާތަކުގެ އިތުރުން ޗައިނާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ މެޗު ބަލަން ދިޔަ އެ މެޗް 9-3 ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ ދިވެހި ޓީމެވެ.

މެޗް ފައްޓަވައި ދެއްވައި ވާހަކަފުޅުދައްކަވަމުން ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ފައިސަލް ވިދާޅުވީ، ރާއްޖެއާއި ޗައިނާއާއެކު އޮންނަ ގުޅުން ވަރަށް ބޮޑަށް ބަދަހި ވެފައިވާ ކަމަށެވެ.

އަދި ޗައިނާއަކީ ރާއްޖޭގެ އެންމެ ގާތް ތަރައްގީގެ ޕާޓްނަރުކަން ފާހަގަކުރައްވާ ސަފީރު ވިދާޅުވީ، އިގްތިސާދީ ގޮތުންނާއި ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައި ރަން ޒަމާނެއްގެ އުފާ ލިބެމުންދާ ކަމަށެވެ.

ޗައިނާއާއެކު ރާއްޖެއިން ހާރިޖީ ގުޅުން ގާއިމުކުރީ 14 އޮކްޓޯބަރު 1972 ގައެވެ.

comment ކޮމެންޓް