ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު އާސިމް މަގާމުން ވަކިކޮށްފި

ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ 2016 ވަނަ އަހަރު އާސިމް އަށް ރައީސް ޔާމީން އަރުވަނީ --ފޮޓޯ: ވީއެފްޕީ

ޔޫތު މިނިސްޓްރީގެ އެސޯސިއޭޓް ކޯޑިނޭޓަރުގެ މަގާމުގައި ހުރި ރ. މީދޫ މުހައްމަދު އާސިމް އެ މަގާމުން ވަކިކޮށްފިއެވެ.

އާސިމް މިއަދު "ސަން" އަށް ވިދާޅުވީ އޭނާ މަގާމުން ވަކިކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު ކަމަށާއި މަގާމުން ވަކިކުރި ސަބަބެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

އާސިމްއަށް ކޯޑިނޭޓަރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އައްޔަން ކުރެއްވީ 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.

އާސިމްއަށް ވަނީ ސަރުކާރުން ޒުވާނުންގެ ދުވަހު ދެމުން ގަންދާ ޒުވާނުންގެ އިނާމު، ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ 2016 ވަނަ އަހަރު އަރުވައިފައެވެ.

އޭނާ ވިދާޅުވީ މަގާމުން ވަކިކުރިކަމުގައި ވިޔަސް އަދިވެސް ހުންނާނީ ސަރުކާރާއެކު ކަމަށެވެ.

comment ކޮމެންޓް