ޓައިގާ އަދި ރިތިކް ހަރަކާތްތެރިވާ ފިލްމުގައި ބަތަލާ އަކަށް ވާނީ ކަޕޫރު ހަމަޖައްސައިފި

ފިލްމުގައި ހަރަކާތްތެރިވާ ހަމަ އެކަނި އަންހެން ބަތަލާ ވާނީ ކަޕޫރު.

ޔަޝްރާޖް އިން މިދިޔަ ހަފްތާގައި އިއުލާން ކުރި ފިލްމުގެ ބަތަލާ އަކަށް ވާނީ ކަޕޫރު ހަމަޖައްސައިފި އެވެ.

އިންޑިއަން އެކްސްޕްރެސް އަށް ދިން އިންޓަވިއުއެއްގައި ފިލްމުގެ ޑައިރެކްޓަރު ސިދާތު އާނަންދު ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. އެއާ އެކު ސިދާތު ވަނީ ފިލްމަށް ކިޔާނެ ވަގުތީ ނަމެއް ވެސް ކަނޑައަޅައިފަ އެވެ.

"ރިތިކް ވާސަސް ޓައިގާ" އެ ނަން ފިލްމަށް ދީފައިވާއިރު އެ ފިލްމުގައި ހަރަކާތްތެރިވާ ހަމައެކަނި އަންހެން ބަތަލާ އަކީ ވެސް ކަޕޫރެވެ.

ސިދާތު ބުނީ އޭނާގެ ފިލްމަކަށް އަބަދު ވެސް ބޭނުން ވަނީ ކެރިގެން މަސައްކަތް ކުރާ ހިއްވަރު ގަދަ ޒުވާން ހަކަތަ ހުރި ބަތަލާއެއް ކަމަށެވެ. އެ ހުރިހާ ގޮތަކަށް ބެލުމަށް ފަހު ކަޕޫރަކީ އެ ފިލްމަށް އެންމެ އެކަށީގެންވާ ބަތަލާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އޭނާ ކުރިން ކުޅުނީ ވެސް ދެ ފިލްމް. އެ ދެ ފިލްމުން ވެސް އޭނާ ދައްކުވައިދިން އެކްޓާ މެދު އަހަރެން ވަރަށް ހިތްހަމަ ޖެހޭ. އެކި ގޮތް ގޮތަށް ވިސްނާފައި އޭނަ ޗޫޒް ކުރީ،" އޭނާ ބުންޏެވެ.

ޕަރިނީތީ ޗޯޕްރާ އާއި ސުޝާންތު ސިންގް ރާޖްޕޫތު ލީޑް ރޯލު ކުޅެފައިވާ "ޝުދު ދޭސީ ރޮމޭންސް"ގައި ވާނީ ހަރަކާތްތެރިވެފައިވާ އިރު އޭނާ ކުޅުނު އަނެއް ފިލްމަކީ ރަންވީރު ސިންގާ އެކު އޭނާ ކުޅުނު "ބޭފިކްރޭ" އެވެ.

ފިލްމު ރިލީޒްކުރަން ކަނޑައަޅާފައިވާ ތާރީޚަކީ 2019ގެ ޖެނުއަރީ 25 ވަނަ ދުވަހެވެ.

comment ކޮމެންޓް