އައިއެސްގެ 90 ޕަސެންޓު ސީރިއާއިން ނައްތާލައިފި

އައިއެސްގެ ހަނގުރާމަވެރިއަކު ސީރިއާގައި ހަރަކާތްތެރިވަނީ--

ސީރިއާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުގެ 90 އިންސައްތަ ބާރު ނައްތާލައިފައިވާ ކަމަށް ރަޝިއާގެ ޑިފެންސް މިނިސްޓަރާ ގުޅުން އޮންނަ، އެގައުމުގެ ނޫހެއް ކަަމަށްވާ ކްރަސްނާޔާ ޒުވެޒްދާ އިން ބުނެފިއެވެ.

އެ ނޫހުން ޕަބްލިޝްކުރި ރިޕޯޓެއްގައި ބުނީ ސީރިއާގެ 90 އިންސައްތަ ބިންތަކުގެ ކޮންޓްރޯލް އައިއެސްގެ އަތުން ބީވެގެން ގޮސްފައިވާ ކަމަށެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ފާއިތުވި ދެ ހަފުތާ ތެރޭގައި ރަޝިއާއިން ވަނީ 517 ވައިގެ ހަމަލާތައް އައިއެސްއިން ގާއިމުވެގެން ތިބި 1260 ސަރަހައްދަށް ދީފައެވެ.

ސީރިއާގެ ސިފައިން މިހާރު ދަނީ އެގައުމުގެ ފުރާތުކޯރުގެ އިރުމައްޗަށް ކާމިޔާބު ކަމާއެކީ ވަންނަމުންނެވެ.

ރަޝިއާ ސިފައިންގެ ކާނަލް ޖެނެރަލް ސާޖީ ރުޑޮސްކީ ވިދާޅުވީ އިރާގުގެ ތެރެއިން ސީރިއާއަށް ދާދި ފަހުން ވަން އައިއެސްގެ 1000 ހަނގުރާމަވެރިންގެ ހަމަލާތައްވެސް ނާކާމިޔާބު ކޮށްލައިފައިވާ ކަމަށެވެ.

ދެހާސް އެގާރަ ވަނަ އަހަރު ސީރިއާގައި ފެށި މުޒާހަރާތަކާއެކު ސީރިއާގައި ވަނީ ބޮޑު ދާހިލީ ހަނގުރާމައެއް ފެށިފައެވެ. ސީރިއާގެ ސަރުކާރުން ތުހުމަތު ކުރާގޮތުގައި އެމެރިކާއާ، އިސްރާއީލް އަދި ސައުދީ އަރަބިއްޔާއިން ދަނީ އެގައުމުގެ ހަރަކާތްތެރިވާ ޓެރެރިސްޓް ގްރޫޕްތަކަށް އެހީ ފޯރުކޮށްދެމުންނެެވެ.

ސީރިއާގެ ސަރުކާރުގެ އެދުމަށް ރަޝިއާ އިން ދަނީ 2015 ވަނަ އަހަރު ސެޕްޓެމްބަރުން ފެށިގެން އައިއެސް ޖަމާއަތުގެ އަމާޒަށް ވައިގެ ހަމަލާތައް ދެމުންނެވެ.

comment ކޮމެންޓް