ބަަގްދާދާ ވާހަކަދެއްކުމަށް އޮތީ ތައްޔާރަށް: ކުރުދިސްތާން

އިރާގުގެ ކިބައިން މިނިވަންވުމަށް ތާއިދު ކުރުމުގެ ގޮތުން ކުރުދީން އެ މީހުންގެ ދިދަ ވިހުރަނީ

ކުރުދީން އިރާގުގެ ކިބައިން މިނިވަންވުމަށް ވޯޓު ނަގައި ބޮޑު އަގުލަބިއްޔަތަކުން އާއެކޭ ބުނެފައިވުމުގެ ސަބަބުން އިރާގުން ކުރިދީން ދިރިއުޅޭ ސަރަހައްދުތަކަށް ދަތިކުރުމުގެ ފިޔަވަޅުއަޅައިފައިވާތީވެ އެ މައްސަލާގައި، އިރާގެ މައި ސިޓީ ބަގްދާދާ ވާހަކަ ދައްކަން ތައްޔާރަށް އޮތް ކަމަށް ކުރުދިސްތާނުން ބުނެފި އެވެ.

މިނިވަންވުމަށް ވޯޓު ނެގި މައްސަލާގައި އިރާގުގެ ސަރުކާރުން ވަނީ ކުރުދީން ހިމެނޭ ބޯޑަރު ސަރަހައްދުތަކާއި އެއާޕޯޓްތައް ބަންދުކޮށް އަދި ބޭންކިން ނިޒާމުގެ ތެރެއިން ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ.

ކުރުދިސްތާންއިން ދާދި ފަހުން ވަނީ އިރާގުން އެ ސަރަހައްދާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަށް ތައްޔާރުވަމުން ދާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި އިރާގުގެ ނިވާނާ ޕްރޮވިންސާ ކުރުދިސްތާނު ގުޅޭ މަގުތައް ވެސް ކުރުދީން ވަނީ ބަންދުކޮށްފައެވެ.

ނަމަވެސް އިރާގުގެ ސަރުކާރުން ވަނީ އެ ސަރަހައްދާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަށް އެއްވެސް ވަރެއްގެ ވިސްނުމެއް ނެތް ކަމަށް ބުނެފައެވެ.

ކުރުދިސްތާނުން މިނިވަންވުމަށް ދާދި ފަހުން ނެގި ވޯޓަށް ބައިނަލަގްވާމީ ގައުމުތަކުން އެއްވެސް ވަރަކަށް ތާއިދު ކޮށްފައެއް ނުވެއެވެ. އަދި އެ ވޯޓަށް ތާއިދު ކުރި ހަމައެކަނި ގައުމަކީ އިސްރާއިލެވެ.

comment ކޮމެންޓް