Sun Online
ކޯސްޓުގާޑުގެ އުޅަނދެއް --- ފޮޓޯ/ އެމްއެންޑީއެފް
ކޯސްޓުގާޑުގެ އުޅަނދެއް --- ފޮޓޯ/ އެމްއެންޑީއެފް
އެމްއެންޑީއެފް

ތިން މީހުންނާ އެކު ދަތުރުކުރި ޑިންގީއެއް ގެއްލިގެން ހޯދަނީ

މުހައްމަދު އައުޒަމް
ލިޔުނީމުހައްމަދު އައުޒަމް

ޅ. ހިންނަވަރުން ނ. މިލަދޫ އަށް ތިން ދިވެހިންނާ އެކު ދަތުރުކުރި ޑިންގީއެއް ގެއްލިގެން ގައުމީ ދިފާއީ ބާރު އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ 18 ފޫޓުގެ އަޅިކުލައިގެ ޑިންގީ ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 11.17ގައި ކަމަށާއި އަދި އެ ދޯނި ފުރައިފައި ވަނީ ރޭ ފަތިހު ކަމަށެވެ. އަދި އާންމުކޮށް ފުރާތާ ދެ ގަޑިއިރު ތެރޭގައި މިލަދުއަށް ދެވޭ ކަމަށާއި އެހެންނަމަވެސް އެހާ އިރުވީއިރު ވެސް ޑިންގީ އެ ރަށަށް ނުދާތީވެ ހަބަރެއް ނުވެގެން ސިފައިންނަށް ރިޕޯޓްކުރީ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ ގެއްލިގެން ހޯދަމުންދާ ޑިންގީ އަކީ މިލަދޫގެ ބަޔަކު ދުއްވާ ޑިންގީއެއް ކަމަށާއި އަދި އޭގެ ތެރެއިން ދެ މީހަކު ގަމީސް ލައިގެން ތިބި އިރު، އަނެކަކު ހުރީ ރަތް ކުލައިގެ ޓީޝާޓެއް ލައިގެން ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ ގެއްލިގެން ހޯދާ ޑިންގީ ދަތުކުރިކަމަށް ބެލެވޭ ސަރަހައްދު އެމްއެންޑީއެފްގެ ނޮދަން އޭރިއާގެ ސިފައިން ހޯދަމުންދާ ކަމަށެވެ.

އެމްއެންޑީއެފް އިން ވަނީ ގެއްލިގެން ހޯދާ ޑިންގީއާ ބެހޭ އެއްވެސް ހަބަރެއް ލިބިއްޖެ ނަމަ 191 އަށް ވަގުތުން ގުޅުމަށް އިލްތިމާސް ކޮށްފަ އެެވެ.

ގުޅޭ ޓެގު

އެމްއެންޑީއެފް
×
DB released.