Sun Online
ވޮލްފް ވޭރިޔާ 2ގެ މަންޒަރެއް--
ވޮލްފް ވޭރިޔާ 2ގެ މަންޒަރެއް--
މުނިފޫހިފިލުވުން

ޗައިނާގެ ފިލްމް އިންޑަސްޓްރީ އަންނަނީ ބާރަށް ކުރިއަރަމުން!

އައިޝަތު ފަރީޙާ
ލިޔުނީއައިޝަތު ފަރީޙާ

އެމެރިކާގެ ހޮލީވުޑަށް ފަހު ދުނިޔޭގައި އޮތް އެންމެ ބޮޑު ފިލްމު އިންޑަސްޓްރީ އަކީ ޗައިނާގެ ފިލްމު އިންޑަސްޓްރީއެވެ. ޗައިނާގެ ފިލްމު އިންޑަސްޓްރީއަށް ޗައިނާއިންނާއި ޗައިނާއިން ބޭރުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ހަބަރުތައް ބުނެއެވެ.

ޗައިނާގެ ހަބަރުތައް ބުނާގޮތުން ފާއިތުވި ފަސް އަހަރު ތެރޭ ޗައިނާގެ ބޮކްސް އޮފީސް ވަނީ 30.35 އިންސައްތަ ކުރިއަރައިފައެވެ. އެގައުމުގެ ވައިސް މިނިސްޓާ އޮފް ދަ ސްޓޭޓް އެޑްމިނިސްޓްރޭޝަން އޮފް ޕްރެސް، ޕަބްލިކޭޝަން، ރޭޑިއޯ، ޓެލެވިޜަން، ފިލްމު ޓޮންގް ގެންގް އާ ހަވާލާދީ އެގައުމުގެ ހަބަރުތައް ބުނާގޮތުން ޗައިނާގެ ބޮކްސް އޮފީސް ވަނީ 2.59 ބިލިއަން އެމެރިކާ ޑޮލަރުން (17.7 ބިލިއަން ޔުއާން) 49.2 ބިލިއަން ޔުއާން އަށް އިތުރުވެފައެވެ.

މީގެ އިތުރުން އަހަރެއްގެ މައްޗަށް ޗައިނާގެ ފިލްމުތައް ބެލުމަށް ސިނަމާތަކަށް ދާ މީހުންގެ އަދަދުވެސް ފާއިތުވި އަހަރުތަކުގެ ތެރޭ އިތުރުވެފައިވާކަމަށް ތަފާސް ހިސާބުތައް ދައްކައެވެ. އެގޮތުން 2012 ވަނަ އަހަރު ޗައިނާގައި ސިނަމާއަށް ގޮސް ފިލްމު ބެލި މީހުންގެ އަދަދު އުޅެނީ 466 މިލިއަނުގައެވެ. ފާއިތުވި 2016 ވަނަ އަހަރު މި އަދަދު ވަނީ 1.37 ބިލިއަނަށް އިތުުރުވެފައެވެ.

ޗައިނާގެ ފިލްމު އިންޑަސްޓްރީއަށް އަންނަމުންދާ ކުރިއެރުމުގެ އަސްލަކީ އެ އިންޑަސްޓްރީން އުފައްދާ ފިލްމު ތަކުގެ ކޮލެޓީ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ޗައިނާގެ ފިލްމު އިންޑަސްޓްރީން މިހާތަނަށް އުފައްދާފައިވާ އެންމެ ކާމިޔާބު ފިލްމަކީ ވޮލްފް ވޭރިޔާ 2 އެވެ. އެ ފިލްމަށް މިހާތަނަށް 685 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ވަނީ ލިބިފައެވެ.

×
DB released.