Sun Online
ގަތަރުގެ ރިޔާސީ ގަނޑުވަރު -- ފޮޓޯ: ދޯހާ ނިއުސް
ގަތަރުގެ ރިޔާސީ ގަނޑުވަރު -- ފޮޓޯ: ދޯހާ ނިއުސް

ޤަޠަރުގެ މައްސަލަ - ޢަރަބި ބަހާރު މޫސުމުގެ ފަސްމަންޒަރުގައި

އަބްދުﷲ ފާރޫގް ހަސަން
ދިޔަތިކިއަބްދުﷲ ފާރޫގް ހަސަން
  • އަޞްލު ލިޔުއްވީ : ޕްރޮފެސަރ މުޙުސިން ޢުޘްމާނީ ނަދުވީ
  • ދިވެހި ބަހަށް ތަރުޖަމާ ކުރީ : ޢަބްދުﷲ ފާރޫޤު ޙަސަން

މިހާރުގެ އިސްލާމީ ދުނިޔޭގައި ޢާއްމުވެފައި މިއޮތް ސިޔާސީ ނިޒާމު އިސްލާމްދީނުގައި އިރްޝާދުދީފައިވާ ސިޔާސީނިޒާމާ އެއްގޮތްބާވައެވެ. އަލްޚުލަފާއުއްރާޝިދޫން ހިންގެވި ސިޔާސީ ނިޒާމާ މިހާރުގެ ސިޔާސީ ނިޒާމާ ކައިރީ ނުވަތަ ދުރީ ކިހައިވަރަކަށް ބާވައެވެ؟ މުސްލިމުންގެ މިހާރުގެ ސިޔާސީ ނިޒާމުގެ ސަބަބުން އިސްލާމްދީނަށް ލިބެނީ ތާރީފު ބާވައެވެ. ނުވަތަ ބަދުނާމު ބާވައެވެ. އިސްލާމީ އުންމަތުގެ މުފައްކިރުން މިސުވާލުތައް ކުރައްވަމުން ގެންދަވާތާ ލައްކަ ދުވަސްވެއްޖެއެވެ. އިސްލާމީ ޤައުމުތަކުގެ ސިޔާސީ ނިޒާމު އިސްލާމްދީން މަގުދައްކައިފައިވާ މަޝްވަރާގެ ނިޒާމާ ވަރަށް ފޭވެއްޖެކަމަށާއި މިހާރުގެ ނިޒާމުގައި ވަރަށް ގިނަ ނޭދެވޭ ކަންތައްތަކެއް ޝާމިލުވެއްޖެކަމަށް އިސްލާމީ ޢިލްމުވެރީން ވިދާޅުވަމުންގެންދަވާތާވެސް ވަރަށް ގިނަ ދުވަސްތަކެއްވަނީ މާޒީވެފައެވެ.

ޢަރަބި އިސްލާމީ ޤައުމުތަކެއްގެ ވެރިކަމުގެ ކިއްލާތަކުގެ ދޮރުތަކުގައި އިންޤިލާބުތަކެއް ޓަކިދޭންފެށީ މުސްލިމުންގެ ޢިލްމުވެރީން މިވާހަކަތައް ދައްކަވާތާ އެތައް ދުވަސްތަކެއްގެ ފަހުންނެވެ. އެހެންކަމުން ޢަރަބި ބަހާރުގެ ޚަބަރު ޢާއްމުވުމާއެކު އެތަކެއް ހާސް މުސްލިމުންގެ ހިތްތަކުގައި އުންމީދުގެ އަލި ދަންމަރުތަކެއް ދިއްލުނެވެ. އިސްލާމީ ޤައުމުތަކަށް ހެޔޮ ބަދަލުތަކެއް އަންނާން އުޅޭކަމުގެ އުފާވެރި ޝުޢޫރުތަކެއް މުސްލިމުންކުރެ އެތައް ބައެއްގެ ހިތްތަކުގައި އާލާވިއެވެ.

އަރަހުށި މާތްﷲ އުފައްދަވައިފައިވާ މަޚްލޫޤާތު ތަކުގެ ތެރެއިން ތިމާމެންގެ ޙާލަތު ބަދަލުކޮށްލެވުމުގެ އެކަށޭނަކަން ދެއްވައިފައިވަނީ ހަމައެކަނި އިންސާނާއަށެވެ. އިންސާނުންނަށް ވަނީ އެބައިމީހުންގެ ތެރޭގައި އަށަގަންނަ ކުށްތައް އިސްލާޙުކުރުމުގެ ބާރުވެރިކަން ދެއްވައިފައެވެ. ތިމާމެންގެ މާޙޫލުގައި ކަންހިނގަމުންދާހައި ގޮތަކާ ރުހިގެން ނުތިބެ ނުރަގަނޅުކަންތައް ރަނގަޅުކަންތަކަށް ބަދަލުކޮށްލުމުގެ ޤާބިލިއްޔަތުވަނީ ދެއްވައިފައެވެ. އެހެންކަމުން ޢަރަބިދުނިޔޭގައި ބަދަލުކޮށްލުމުގެ އޮއިވަރެއް ހިނގާންފެށުމުން މުސްލިމުންކުރެ ފިކުރީ އެތައްބަޔަކުވަނީ އެކަމަށް މަރްޙަބާ ކިޔައިފައެވެ. އެކަން ކާމިޔާބުވުން އެދި އެތައްހާސް ބަޔަކު ވަނީ ދުޢާކޮށްފައެވެ. ޢަރަބި ދުނިޔެއަށް ޖުމްހޫރިއްޔަތުގެ ބަހާރުމޫސުމެއް އައިސް މުސްކުޅި ގޮށްމުށުގެބާރުގެ ސަރުކާރުތަކާއި އަސްކަރީ ޑިކްޓޭޓަރޝިޕުތަކުގެ ބަދަލުގައި ރަނގަޅު އިސްލާމީ ސަރުކާރުތަކެއް ޤާއިމުވެދާނެކަމަށް އެތައް ބަޔަކު އުފާކުރިއެވެ. ނަމަވެސް ހިތާމައިގެ ކޮޅެއްވެސް ނެތެވެ. ބަހާރު މޫސުމެއްގެ ޚަބަރުދިން ވައިރޯޅިތަކުން މޫސުން ބަދަލެއްނުވިއެވެ. މޫސުން މޫސުމަކަށް ނުވިއެވެ. ދުވަސްކޮޅަކު ވައިތަޅައިލައި ގަސްގަހުގައި ހުރި ޅަމޭވާތައް ވަނދުކޮށްލުމަށްފަހު މޮޅައް އަޅައިފިއެވެ. ނެގި އެއްވެސް ވިލާގަނޑަކުން ބިންގަނޑު ތާޒާކޮށް އާގަސްތައް ފަޅުވައި ހައްދާނެ ރަޙުމަތުގެ ފެނެއް ވެސް ނައެވެ.

ޢަރަބި ދުނިޔެ

އިސްލާމީ އުންމަތަށް ޖުމްހޫރިއްޔަތުގެ ބަހާރުމޫސުމެއް އަދޭތޯ ނަކަތްތައް ހިމަނުއްވައި އުޑުމަތިބެއްލެވުމުގައި އިސްލާމީ މުފައްކިހުންގެ އެތައް ބޭކަލަކުވަނީ ޢުމުރު ހޭދަކުއްރައްވައިފައެވެ. ނަމަވެސް ތާރީޚު ސަފުޙާތަކުގައި ލޯފުނާއަޅާއިރުވެސް ޙަޤީޤީ މާނާގައި އިސްލާމީ ދައުލަތަކަށް ފެނިފައިވަނީ ހަމަ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަދީނާގައި ބިންގާ އެޅުއްވި އިސްލާމީ ދައުލަތެވެ. ތެދުމަގު ލިބިވަޑައިގެން ތިއްބެވި ހަތަރު ޚަލީފާއިން އެދައުލަތުގެ މުހިންމު މުއައްސަސާތައް ޤާއިމުކުރައްވައި ނަމޫނާ ދައްކަވައިފައިވާ އިސްލާމީ ދައުލަތެވެ. އޭގެ ފަހުން ޙަޤީޤީ އިސްލާމީ ވެރިކަމެއް ފެނިފައިވަނީ ހާލަކުން ފަހަރަކުއެވެ. ޚުލަފާއުއްރާޝިދޫންގެ ބަރާކާތްތެރި ދައުރަށްފަހު އިސްލާމްދީން ދެމިއޮތީ ހަމައެކަނި ޢިބާދަތުގެ ދާއިރާގައޭ ދެންނެވި ކަމުގައިވިޔަސް ޙަޤީޤަތާ މާދުރަށް ދެވުނު ކަމަކަށެއް ނުވާނެއެވެ.

އިސްލާމްދީން ޖުމްހޫރިއްޔަތާއި މިނިވަންކަމުގެ ދަންމަރު ދިއްލައިލީ މުޅި ދުނިޔޭގައި އިސްތިބުދާދީ ނިޒާމު ޢާއްމުވެފައި އޮތްވައެވެ. ވިރާސީ ރަސްކަމުގެ ކަޅު އަނދިރިކަންފެތުރިފައި ވަނިކޮށެވެ. އިސްލާމްދީން އިންސާނުންނަށް ސިޔާސީ އިޖްތިމާއީ އަސާސީ ޙައްޤުތައް ލިބިދިނީ ދުނިޔޭގެ ޤައުމުތަކުގައި އެކަންކަން ވުޖޫދަށްވެސް ނާންނަނީހެވެ. ނަމަވެސް މިއަދު މުޅި ދުނިޔޭގައި ދަނީ ޖުމްހޫރިއްޔަތުގެ ލަވަތައް ގުގުމަމުންނެވެ. އިންސާނީ ޙައްޤުތަކުގެ ޗާޓަރުތައް ވަނީ ލިޔެވި ޤަރާރުކުރެވިފައެވެ. ދުނިޔޭގެ ކޮންމެ ކަންކޮޅެއްގައިވެސް ރައްޔިތުން ގެންދަނީ އެމީހުން ބޭނުންބަޔަކު ވެރިކަމަށް އަރުވައި ބާލަމުންނެވެ. ނަމަވެސް ޢަރަބި ޤައުމުތަކުގައި މިއަދުވެސް އޮތީ ޤައިޞަރިއްޔަތެވެ. ކިސްރުވާނިއްޔަތެވެ. އަސްކަރީ ގޮށްމުށު ބާރެވެ. ވިރާޘީ އިސްތިބުދާދީ ރަސްކަމެވެ. މިޙަޤީޤަތްތައް މިހެން އޮތްއިރު އެދައުލަތްތަކުން އިސްލާމީދައުލަތެއް އުފެއްދުމުގެ އަސާސީ މަޤްސަދުތައްވެސް ފުރިހަމަކުރަމަކުން ނުގެންދެއެވެ.

ޢަރަބި ޤައުމުތަކުގައި ޢަދުލުވެރިކަމެއްނެތް ޣައިރު އިސްލާމީ ޣައިރު ޖުމްހޫރީ ދައުލަތްތަކުގެ ޒަމާން ދިގުލައިގެންގޮސް އެޤައުމުތަކު ރައްޔިތުންކުރެ އެތައްބަޔަކުވަނީ އެކަމަށް އެއްގޯސްވެފައެވެ. ބަދަލެއް ގެނައުމުގެ ބޭނުމެއްއޮތްކަމަކަށްވެސް އެއްބަޔަކު ނުދެކެއެވެ. އިންސާނީ އަސާސީ ޙައްޤުތަކަށް ސަރުކާރުން ފައިން އަރާތީ ނުވަތަ އިސްތިބުދާދީ ނިޒާމާ ދެކޮޅަށް ފަހަރެއްގައި ބަޔަކު ކޫސްކިޔައިލިޔަސް ދެހަރަމުގެ މުފުތީން އެކަމާދެކޮޅަށް ހުޅުލައްވަނީ ފަތުވާގެ ބަޑިތަކުގައެވެ. އެބޭކަލުންގެ އަރިހުގައި ދީނަކީ ހަމައެކަނި ނަމާދުކޮށްލުމާއި ޒިކުރުތަކެއް ކިޔައިލުމެވެ. ދީންވެރިކަމެއް ނުހުންނަ އަނިޔާވެރި ރަހުންގެ ކޮންމެ އަމުރުފުޅަކަށް ބޯލަނބައި ކިޔަމަންވެ އާދެ މަސާހިބު ދެންނެވުމެވެ.

ޢަރަބި ޤައުމުތަކުގައި ޚާއްޞަކޮށް ގަލްފުގެ ޤައުމުތަކުގައި ދިރުހަމާއި ދީނާރުގެ އިޤްތިސާދީ މަސައްކަތްތަކުގައި މަޝްޣޫލުވެގެން އުޅޭ މީހުންގެ ތެރޭގައި ބޭރުފުށުން ދީންވެރި ވައްތަރު ދައްކާ ބަޔަކުވެސް އުޅެއެވެ. އެބައިމީހުން ދަޢުވާކުރާގޮތުގައި އެބައިމީހުންނަކީ ރައްބާނިއްޔަތުގެ ދިދަ އުފުލާމީހުންނެވެ. އެބައިމީހުންގެވެސް ރައްބާނިއްޔަތު އޮންނަނީ މިސްކިތަށް އަރައިލުމާއި ރޯދަހިފުމާ ހަމައިގައެވެ. ބޮޑެތި ތަސްބީޙަފަތީން " ކުރޯޅޯ ކުރޯޅޯ" ކިޔައިލުމުގައެވެ. އިސްލާމީ ނިޒާމު ޤާއިމުކުރުމާއި، ޝަރުޢީ ޤާނޫނުތައް ހިންގުމަކީ އެބައިމީހުން ބޭނުންކަމުގައި ދެކޭ ކަންކަމެއް ނޫނެވެ.

އިސްލާމީ ޤާނޫނުތައް ހިންގުމުގެ މުހިންމަތާއިގެން ތެދުވެ ވަޑައިގަންނަވާ، ޑޮކްޓަރ ޤަރްޟާވީ ފަދަ ބޭކަލުންނަށް މިޞުރާއި، ސޫރިޔާއާއި، ގަލްފުގެ ޤައުމުތަކާއި ސައުދީއަރަބިޔާ އާއި، އެމިރޭޓްސް އާއި، ބަހްރައިނުފަދަ ޤައުމުތަކުގައި ގެންދަނީ އެއްވެސް ހިތެއްފިތެއް ނެތި އަނިޔާކުރަމުންނެވެ. އެޤައުމުތަކުގެ ވެރީންގެ އަމިއްލަ މަސްލަތަށްޓަކައި އެފަދަ ބޭކަލުންގެ "ފައިންޕުޅުގައި ނިރުބަވެރިކަމުގެ ޓެގު އަޅުވަމުންނެވެ. އެބޭކަލުންގެ ލިޔުއްވުންތަކާއި ވާހަކަފުޅުތައް މަނާކޮށް އިންސާނީ އަސާސީ ޙައްޤުތަކާ ޚިލާފުވަމުންނެވެ. ދީންދެކެ ޙަޤީޤީމާނާގައި ލޯބިވާ ބަޔަކަށް ޤަތަރުފަދަ ޤައުމަކުން ހިމާޔަތްދީފިނަމަ އެޤައުމަކަށް އިންޒާރުކޮށް އެޤައުމެއް އެކަހެރިކޮށް ގުޅުން ކަނޑަމުންގެންދާއިރުވެސް އެއްކަލަ "ރައްބާނީން" ކަހާތަން ހިރުވާވެސް ނުލައެވެ. އެމީހުން ގެންދަނީ "ސަރުކާރުން އަޅައިދޭހައި ބަތަކަށް ރިހަ އަޅަމުން" ނެވެ.

ޢަރަބި ދުނިޔޭގައި ހިނގާ ޙަރަކާތްތަކާއި ޢިލްމުވެރީން

މިއަދުގެ ދުނިޔޭގައި ޢާއްމުވެފައިވާ ޖުމްހޫރީ ނިޒާމަށްވުރެ މާފުރިހަމަޔަށް އިސްލާމްދީނުގައިވަނީ އަނިޔާއާ ދެކޮޅަށް އިޙްތިޖާޖުކުރުމުގެ ހުއްދަދީފައެވެ. ތިމާމެންގެ ހައްޤުތައް ލިބިގަތުމަށްޓަކައި ހަމަތަކުގެމަތީން އަޑު އުފުލުމުގެ ފުރިހަމަ ޙައްޤުދީފައެވެ. ދުނިޔެވަނީ އެޙައްޤުތަކަށް އިޢުތިރާފުވެފައެވެ. މިގޮތުން އިޚްވާނުލް މުސްލިމީން އާއި އެނޫންވެސް އިސްލާމީ ބައެއް ޖަމާޢަތްތަކުން ވަނީ ޢަރަބި ދައުލަތްތަކާ ދެކޮޅަށް އިޙްތިޖާޖުކުރުމުގެ ސުލްޙަވެރި ޙަރަކާތްތަކެއް ހިންގައިފައެވެ. ނަމަވެސް ޢަރަބި ސަރުކާރުތަކަކަށް އެކަން ބަލައެއް ނުގަނެވުނެވެ. މުޅި ދުނިޔެ ޤަބޫލުކޮށްފައިވާ އިޙްތިޖާޖުކުރުމުގެ ޙައްޤަށް އިޢުތިރާފެއް ނުވެވުނެވެ. އަޚްލާޤީ ޤާނޫނީ އިމުގެ ތެރޭގައި ދުލާއި ޤަލަމުން ޚިޔާލުފާޅުކުރުމަކީ މިއަދުގެ ދުނިޔޭގައި އެއްވެސް ބަޔަކު ހުއްޓުވާކަމެއް ނޫނެވެ. ނަމަވެސް ޢަރަބި އިސްލާމީ ޤައުމުތަކަކު އެޙައްޤެއްނެތެވެ. ދެހަރަމުގެ ޚާދިމުންގެ ލަޤަބު ބޭނުންކުރައްވާ ބޭފުޅުންވެސް ދީނީ ޙަރަކާތްތަކުގައި ޖައްސަވަނީ ނިރުބަވެރިކަމުގެ ލޭބަލެވެ. ފުލުހުންނާއި ސިފައިން ބޭނުންކުރައްވައިގެން އެޙަރަކާތްތައް ޗިސްޗިސްކޮށްލައްވަނީ ހިތެއްފިތެއްނެތިއެވެ. އެބޭފުޅުން ޤަޠަރު ކުށްވެރިކުރެއްވި ޙަޤީޤީ ސަބަބަކީ ޤަޠަރުން އިޚްވާނުންނަށާއި ޙަމާސަށް ބޯހިޔާކޮށްލުމުގެ ފުރުޞަތުދިނުމެވެ. މުޤައްދަސް ބިންތަކުގެ އަމީރުންގެ އެނިންމެވުމަށް ހިޖާޒުގެ ޢިލްމުވެރިންވެސް ތާއީދުކުރައްވައި ސަރުކާރުގެ ބަހާ އެބޭކަލުންގެ އާނބަސް ގުޅައިލެއްވިކަމީ ވަރަށްވެސް މާޔޫސްވާންޖެހޭ ސަބެބެކެވެ.ކޮންމެއަކަސް ޢަރަބި އިސްލާމީ އުންމަތުގެ ޢިލްމުވެރީން މިއަދުވަނީ ދެބަޔަކަށް ބެހިފައެވެ. އެއްބަޔަކީ އެބޭކަލުންގެ ސަރުކާރުތަކުގެ ކުށްނިންމުންތަކަށް ތާއީދުކުރައްވައި ބަޔާންދެއްވާ ބޭކަލުންނެވެ. އަނިޔާވެރި ސިޔާސަތުތަކަށް އަތްބާރު އުޅުއްވައިދެއްވާ ބޭކަލުންނެވެ. އަނެއްބަޔަކީ މާތްﷲ ގެ ޝަރީއަތް ތަންފީޒުކުރަން ގޮވައިލައްވާ ބޭކަލުންނެވެ. އިސްލާމީ ޤައުމުތަކުގައި އިސްލާމީ ޖުމްހޫރީ ނިޒާމު ޤާއިމުކުރައްވަން މަސައްކަތްކުރައްވާ ބޭކަލުންނެވެ. ޝައްކެއްނެތެވެ. ޤިޔާމަތްވަނީ ކައިރިވެފައެވެ. ރަނގަޅީ ކޮންބައެއްގެ ނިންމުމެއްކަން އެންމެ ފުރިހަމަޔަށް ބަޔާންވާނީ އެދުވަހުންނެވެ. ރަންތަނބުގައި ހިފަހައްޓައިގެން ތިބި ބަޔަކު އެންމެ ހާމަކަން ބޮޑު ގޮތެއްގައި ފާޅުވެ ފެންނާނީ އެދުވަހަކުންނެވެ. ޔަޤީނުން އެނގޭކަމަކީ ވަފާތެރިވާންވީ ދައުލަތަށްކަމެވެ. ދައުލަތުގެ މުގުލަށް އެވަގުތަކު ވެރިވެގެން ތިބި ބަޔަކަށް ނޫންކަމެވެ.

ކޮންމެއަކަސް މިއަދުގެ މުސްލިމު ޤައުމުތަކަކީ އިސްލާމީ ޤައުމުތަކެއް ނޫނެވެ. މުސްލިމު ޤައުމުތަކެވެ.

ހައިރާންވެ އަންތަރީސްވާފަދަ ކަމެކެވެ. ދުނިޔޭގެ ޑިމޮކްރަސީގެ ފުލުހުންކަމުގައި ހެދިގެން އުޅޭ ހުޅަނގުގެ ޤައުމުތަކަކީވެސް ޢަރަބި ޤައުމުތަކުގައި ޖުމްހޫރިއްޔަތު ދިރުވައިއާލާކުރަން އެހީތެރިވާ ބަޔަކު ކަމުގައެއްނުވެއެވެ. ޢަރަބި ޤައުމުތަކުގައި އިންސާފުވެރި މިނިވަން އިންތިޚާބެއް ބާއްވައިފިނަމަ ޖުމްހޫރިއްޔަތުގެ ފަރުދާއިން ބޭރަށް ނިކުންނަނީ އިސްލާމީ ނިޒާމުކަމުގައި ވާތީއެވެ. މަންޒަރަށް އަންނަނީ އިސްލާމްދީނަށް ތެދުވެރި މީހުން ކަމުގައިވާތީއެވެ. ދީނާއި ޝަރީޢަތަށް ވާފާތެރީން ކަމުގައިވާތީއެވެ. ހުޅަނގުން ޤަބޫލުކުރާ ގޮތުގައި އިސްލާމީ ޤައުމުތައް ފިޔަވައި ދުނިޔޭގެ އެހެން ކޮންމެ ބައެއްގެ ތެރޭގައިވެސް އޮންނާންވާނީ ޑިމޮކްރެސީއެވެ. އެކަމަކު އިސްލާމީ ޤައުމުތަކުގައި، ޚާއްޞަކޮށް އަރަބި ޤައުމުތަކުގައި އޮންނަންވާނީ އެބައިމީހުންނަށް ވަފާތެރި ވިރާސީ ރަސްކަމެވެ. ނުވަތަ މިސުރުގައި އޮންނަ ކަހަލަ " އަސްކަރީ ޖުމްހޫރިއްޔަތެވެ." ރަނގަޅުވާނީ އެޤައުމުތަކަށް ޖުމްހޫރިއްޔަތު ނައުމެވެ. އިސްލާމްދީނޭ ކިޔައިގެން ވާހަކަދައްކާ ބަޔަކަށް ވެރިކަމުގެ ވަސްފޯރާ ފަށަށްވެސް ނާދެވުމެވެ. މިސުރުގެ އިންތިޚާބީ ސަރުކާރު ޤާނޫނީ ހަމަތަކާ ޚިލާފަށް ވައްޓައިލީ އެސަބަބަށްޓަކައެވެ. އިސްލާމީ ސިޔާސީ ނިޒާމެއް އާދޭތޯ މަގުބަލައިބަލައި ތިބި އިޚްވާނުންގެ ބޯމައްޗަށް ލޭގެ ރާޅެއް ބިންދައިލީ އެހެންވެގެންނެވެ. މިކަމުގައި އެމެރިކާއަށް އެހީވީ އިސްރާއީލެވެ. ފައިސާ ޚަރަދުކުރީ ސައޫދީޢަރަބިއްޔާ އާއި، އެމިރޭޓްސް އާއި ބަޙްރެއިނުންނެވެ. މުސްލިމުން ކަތިލަން ޚަރަދުކުރީ މުސްލިމުންގެ ފައިސާއެވެ. މާތްﷲ ޢަރަބީންގެ ފައިތިލަދަށުގައި ލައްވައިފައިވާ ތެލުގެ ފައިސާއެވެ. އިސްލާމީ ނިޒާމަށްޓަކައި ހޭދަކުރަން މާތްﷲ ދެއްވި މުއްސަނދިކަމެވެ. ޔަހޫދީ އަމައެއްގެ ދަރިޔެއް ކަމުގައިވާ ސީސީއާ ދެކޮޅަށް ކެރިގެން ވާހަކަދެއްކެވި އިސްލާމި ޒަޢީމަކީ ހަމައެކަނި ތުރުކީގެ ރަޖަބު ޠައްޔިބު އުރުދުޣާނެވެ. ބަންގްލަދޭޝުން ޖަމާޢަތެއް އިސްލާމީގެ ޒަޢީމުން ދަންޖައްސަމުން ގެންދިޔައިރު އެކަމާ ދެކޮޅަށްވެސް އަޑު އުފުއްލެވީ ހަމަ އެކަނި އުރްދުޣާނެވެ.

ހިތި ތަޖްރިބާތައް

1990 ގައި އަލްޖަޒާއިރުގައި ބޭއްވި މުނިސިޕަލް ކައުންސިލްގެ އިންތިޚާބުގައި އިސްލާމި ޖަމާޢަތެއްކަމުގައިވާ އިސްލާމިކު ސެލްވޭޝަން ފުރަންޓުން ވަރަށް ފަޚުރުވެރި ކާމިޔާބެއް ހޯދިއެވެ. 231 ގޮނޑީގެ ތެރެއިން 188 ގޮނޑި ކާމިޔާބުކުރިއެވެ. އެއީ އިންތިޚާބުގެ ފުރަތަމަ ބުރެވެ. އެހައިތަނުން ވެރިކަން ކުރަމުން އައި ލިބަރޭޝަން ފުރަންޓަށް ލިބުނީ އެންމެ ސޯޅަގޮނޑިއެވެ. އެހެންކަމުން އިންތިޚާބުގެ ދެވަނަ މަރްޙަލާއަށްފަހު އިސްލާމީ ޖަމާޢަތުން ކާމިޔާބީގެ ދިދަ އުފުލައިލާނެކަން ކަށަވަރުވިއެވެ. ސަރުކާރެއް އުފައްދާނެކަން ޔަޤީންވިއެވެ. ނަމަވެސް ކަންވެގެން ދިޔައީ ހީކުރެވުނުގޮތަކަށް ނޫނެވެ. އިންތިޚާބުގެ ދެވަނަ ބުރުގެ ކުރީން ސިފައިން ސަރުކާރުވައްޓައިލައިފިއެވެ. ހުޅަނގަށް"ސަޖިދަކުރާ" ސިފައިން ހުޅަނގުގެ އަމުރަށް ސަރުކާރުވައްޓައިލީއެވެ. އެގޮތުން އިސްލާމިކް ފުރަންޓު ވެރިކަމަށް އައުމުގެ ދޮރުބަންދުކޮށްލިއެވެ. ދުނިޔޭގެއި ޖުމްހޫރިއްޔަތު ޤާއިމުނުކުރެއްވިގެން ހަމަނިދި ނުލިބިގެން އުޅޭ ހުޅަނގުގެ ކެހިވެރީންގެ މޫނުބުރުގާ ނެގުނީއެވެ.

ފަލަސްޠީނުގެ ޙަމާސަކީ އިސްލާމީ ނިޒާމަށް ތާއީދުކުރާ ޖަމާޢަތެކެވެ. 2002ގައި ފަލަސްޠީނުގައި ބޭއްވި އިންތިޚާބު ކާމިޔާބުކުރީ ޙަމާސުންނެވެ. އެކަންވީ ހުޅަނގުގެ ބާރުތަކަށް ދިރުވައިލެވޭ ވަރަށް ވުރެ ހިތިކޯވަރަކަށެވެ. އެހެންކަމުން ޙަމާސުގެ ކުރިމަތީގައި ވެރިކަން ކުރުމުގެ ދޮރުތައް ބަންދުކޮށްލިއެވެ.

ހަމައެފަދައިން 2013 ޖުލައި މަހުގެ ތިންވަނަ ރެޔަކީ މިޞުރުގެ ތާރީޚުދުށް ސޯޅައަނދިރި ރެއެކެވެ. މިނިވަން އިންސާފުވެރި އިންތިޚާބަކުން އިންތިޚާބުވެ ވަޑައިގެންނެވި މުޙައްމަދު މުރްސީގެ ސަރުކާރުވައްޓައިލިރެއެވެ. އިސްރާއީލުގައި މިހާރުވެސް މަތީ މަޤާމުތަކެއް ފުރަމުންގެންދާ ޢާއިލާއެއްގެ އަންހެނެއްގެ ދަރިޔެއްކަމުގައިވާ އައްސީސީގެ ވެރިކަމުގައި މިސްރު ސިފައިން ގެނައި އިންޤިލާބެއްގައެވެ. އާދެ އެރެޔަކީ އައްސީސީ މިސުރުގެ ޤާނޫނީ ސަރުކާރު ޤާނޫނާ ޚިލާފަށް ވައްޓައިލި ރެއެވެ. އައްސީސީގެ ބަޣާވާތަށްފަހު އިޚްވާނުލް މުސްލިމުންގެ އިސްލީޑަރުންވަނީ ޖަލަށް ކޮއްޕައިލައިފައެވެ. އެކަމާ ދެކޮޅަށް ރައްޔިތުން ނިކުތުމުން ރައްޔިތުންގެ ގަޔަށް ބަޑީޖެހީ ކުޑައެއް ބޮޑެއް އަންހެނެއް ފިރިހެނެއް ބެލުމެއްނެތިއެވެ. ރަޙުމެއް ހަމްދަރުދީއެއްގެ ކަންފުޅެއްވެސް ނެތިއެވެ. އިންޤިލާބަށްފަހު އިޚްވާނުންގެ ލީޑަރުންނަށްވަނީ މަރުގެ ނިޔާ ކަނޑައަޅައިފައެވެ.

އަނިޔާވެރިކަމުގެ ފިޔަވަޅުތައް

މިސްރުގައި ޖުމްހޫރިއްޔަތަށް ހުރަސްއެޅުމަށްޓަކައި ސީސީއާއި އޭނާގެ އެހީތެރިން ބޭނުންނުކުރާ އެއްވެސް ބާބެއް އަނިޔާއާއި ގޮށްމުށުބާރުގެ ފޮތަކުނެތެވެ. އިސްލާމީ ނިޒާމާއި، ޤާނޫނާ ޚިލާފަށް ސީސީ ބޭނުންކުރި އަނިޔާވެރި ގޮށްމުށުބާރުގައި ގަލްފުގެ ޤައުމުތައް ބައިވެރިވިއެވެ. ދެހަރަމުގެ ޚާދިމު އެހުރިހާ ކަމަކަށް އޭނާގެ ޚަޒާނާ އަނގަމަތިކޮށްލެއްވިއެވެ. މިހާރުވެސް އެފަރާތްތަކުން ޤަޠަރަށް ދެމުން އެގެންދަނީ އިޚްވާނުންނަށާއި ޙަމާސުގެ މެމްބަރުންނަށް ބޯހިޔާވަހިކަން ދިންކަމުގެ އަދަބެވެ. ބޭނުމަކީ އިސްލާމީ ފިކުރު ދިރުއްވަން މަސައްކަތްކުރައްވާ އިޚްލާސްތެރި ޢާލިމުން މާޔޫސްކޮށްލުމުވެ. އެބޭކަލުންގެ ފައިންޕުޅުގައި ޓެގްއެޅުވުމެވެ. އިސްލާމީ ފިކުރު ފިޔަފަޅައިގެން އުދުއްސައިގަތަނުދިނުމަށްޓަކައެވެ. އިސްލާމީ ސިޔާސަތާއި އިސްލާމީ ޖުމްހޫރިއްޔަތުގެ މަލަސް ހެދިފޯދި ހިޔާދޭގަހަކަށް ވުމުގެކުރީން އެނިރު މަރައިލުމަށްޓަކައެވެ.

މިސުރާއި، ސައޫދީއާއި އެމިރޭޓްސް އާއި ބަޙްރައިނުން ޝާއިޢުކޮށްފައިވާ ނިރުބަވެރީންގެ ލިސްޓުގައި އިސްލާމީ އަފޫރުއްބަ ދަންނަބޭކަލުންކުރެ ފަންސާސް ނުވަ ދަންނަބޭކަލެއްގެ ނަންފުޅު ހިމެނެއެވެ. އޭގެތެރެއިން އެންމެ ޙާއްޞަ ނަންފުޅަކީ ކުރީންވެސް ފާހަގަކުރި ފަދައިން ޢައްލާމާ ޔޫސުފުލް ޤަރްޟާވީއެވެ. އެބޭކަލެއްގެ އިސްލާމީ ޚިދުމަތްތަކަށް އިޢުތިރާފުވުމުގެ ގޮތުން ޚުދު ސުއޫދީ ސަރުކާރުން ފައިސަލް އެވޯޑު އަރުވައިފައުވާ ޔޫސުފުލް ޤަރްޟާވިއެވެ.

ޝައްކެތްނެތެވެ. ދުނިޔޭގެ ތާރީޚުވަނީ ނުހަނު އާރާއި ބާރުހުރި ވިރާޘީ ރަސްރަސްކަލުންގެ ރަސްކަން ދެކެފައެވެ. ނަމަވެސް އެ ދައުލަތްތައް މިހާރުވަނީ ތާރީޚުގެ ގަބުރުސްތާނުގައި ވަޅުލެވިފައެވެ. މުސްތަޤްބަލުގެ މުއައްރިޚުން ސައޫދީ ރަސްކަން ވެއްޓުނު ސަބަބުތައް ލިޔުއްވާއިރު އެރަސްކަން ތަކުރާރުކޮށް ހުޅަނގުގެ ހަތިޔާރަކަށް ވަމުންދިޔަ ދިޔުން މުހިންމު ސަބަބެއްގެ ގޮތުން ފާހަގަކުރައްވާނެ ކަމީ ޔަޤީންކަމެކެވެ. ޢަރަބި ޤައުމުތަކުގައި އިސްލާމީ ފިކުރު ދިރެމުންދާތީ " ނިރުބަވެރިކަމުގެ ފުރޭތަ" އެއްގެ ސިފައިގައި ސައޫދީވެރީންގެ ހިތްޕުޅަށް އެކަންވައްދައިދިނީ ހުޅަނގުންނެވެ. ޚާއްޞަކޮށް ރައީސް ޓްރަމްޕު ސަޢޫދީއަށް ކުރެއްވި ދަތުރުފުޅުގައި އޭނާއެވެ. ބޭނުންފުޅަކީ ޚުދު މުސްލިމުން ލައްވައި އިސްލާމީ ފިކުރު ނައްތައިލެއްވުމެވެ. މުސްލިމު ދަންނަބޭކަލުންނާއި، އިސްލާމީ ފިކުރުގެ ދާޢީންގެ އަޑުފުޅު ހިމޭންކޮށްލުމެވެ. ހުޅަނގުން އިސްނަގައިގެން ތެދުވެ އެކަންކުރެވުމަކީ މުސްތަޙީލުކަމަކަށްވާނެތީއެވެ.

infinity loading...
×
DB released 01.