ބްރައިޑްސް މެއިޑުން އެއްކުލައިން ހެދުން އަޅަނީ ކީއްވެ؟

--/

ކައިވެންޏަކަށް ތައްޔާރުވެ، ކައިވެނީގެ ކަންތައް ނިމިގެން ދާއިރު ކައިވެނި ކުރާ ދެމަފިރިންނަށް ފަހު އެކަންތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ބްރައިޑްސް މެއިޑުންނެވެ. އާންމު ގޮތެއްގައި ބްރައިޑްސް މެއިޑުންގެ ގޮތުގައި ހޮވާލެވެނީ އަންހެން ކުއްޖާގެ ގާތް އަންހެން ރަހުމަތްތެރިންނާއި ތިމާގެ މީހުންނެވެ.

ޒަމާނަށް އަންނަމުންދާ ބަދަލާއެކު ރާއްޖޭގައި ކުރެވޭ ކައިވެނިތަކުގައިވެސް ބްރައިޑްސް މެއިޑުންގެ ރޯލު ވަރަށް ބޮޑެވެ. ކައިވެނީގެ ކުރިން، ކައިވެނި ކުރާ އަންހެން ކުއްޖާއަށް ބްރައިޑަލް ޝަވަރ ދިނުމާއި ކައިވެނީގެ ހެދުމާއި މޭކަޕް އާއި ގުޅޭގޮތުން ހިޔާލު ބަދަލުކޮށް އަންހެން ކުއްޖާ ކައިވެންޏަށް ތައްޔާރު ކުރުމުގެ ހުރިހާ ކަމެއްގައިވެސް ބްރައިޑްސް މެއިޑުން ހަރަކާތްތެރިވެއެވެ.

މިހާރު ބާއްވާ ކައިވެނިތަކުގައި ޕާޓީގެ ކަލަރ ކޯޑު ކުރިއަށްލާ ކަނޑައަޅައެވެ. ދެފަރާތުގެ އާއިލާ އިން އެ ކުލަތަކުން ހެދުން ފަހާއިރު އެންމެ ފާހަގަ ކުރެވެނީ ބްރައިޑްސް މެއިޑުން ހެދުން ފަހާފައި ހުންނަ ގޮތެވެ. އާންމުކޮށް އެއް ކުލަ އަކުން އެއް ފޮއްޗަކުން ބްރައިޑްސް މެއިޑުންގެ ހެދުން ފަހާފައި ހުންނައިރު، އެއް ގޮތަކަށް، އެއް ޑިޒައިނަކަށްވެސް ބައެއް ޕާޓީތަކުގައި ބްރައިޑްސް މެއިޑުންގެ ހެދުން ފަހާފައި ހުންނަކަން ފާހަގަ ކުރެވެއެވެ.

ތާރީހަށް ބަލާއިރު އެންޝިއެންޓް ރޯމަނުންގެ ޒަމާނުގައި ބްރައިޑްސް މެއިޑުން އެއް ކުލައަކުން ހެދުން އަޅާއުޅެނީ ނުވައި ލޯތަކުން ކައިވެނި ކުރާ އަންހެން ކުއްޖާ ސަލާމަތް ކުރުމަށެވެ. އެގޮތުން ސުންޕާ ކަންތައް ޖައްސާ މީހުން ކޮންފިއުސް ކޮށްލާ، ކައިވެނި ކުރާ އަންހެން ކުއްޖާއަށް ގެއްލުން ދޭން މަސައްކަތް ކުރާ "ޝައިތާނުން" ނަށް އޮޅުވާލުމަށް އޭނާގެ އެކުވެރިން އެއް ކުލައަކުން އެއް ގޮތަކަށް ހެދުން އަޅަނީ ކަމަށްވެއެވެ.

ބްރައިޑްސް މެއިޑުންގެ ހެދުން އެޅުން މީގެ އެތައް އަހަރެއް ކުރިއަށް ބަލާއިރުވެސް އޮންނަނީ މިގޮތަށެވެ.

ނަމަވެސް ރާއްޖެއަށް މި ޓްރެންޑް އައިސްގެން އުޅެނީ ތަންކޮޅެއް ފަހުގެ ޒަމާނެއްގައެވެ. ބްރައިޑްސް މެއިޑުންގެ ހެދުން އެއް ގޮތަކަށް އެއް ކުލައަކުން ފަހާފައި ހުންނަނީ ފޮޓޯއަށް ރީތި ކުރަން ކަމަށް ބައެއް ފަރާތްތަކުންް ބުނެއެވެ. އެއީ ކައިވެނި ޕާޓީގެެ ތީމް އަދި ކުލަ އާއި ގުޅުވައިގެން ކުރާ ކަމެކެވެ.

އަނެއް ބަޔަކު ބުނާގޮތުން އެއް ކުލައަކުން ހެދުން ލުމަކީ ކައިވެނި ހަފްލާ ފަދަ ބޮޑު ހަފްލާ އަކަށް އެހާ ގުޅޭ ކަމެއް ނޫނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު