އިންސްޓާގްރާމަށް ފޮޓޯ އަޕްލޯޑްކޮށްގެން ނޭޕާލް ދަތުރެއް!

އައްޑޫސިޓީގެ ފޮޓޯ އިންސްޓާގްރާމަށް އަޕްލޯޑުކޮށްގެން ނޭޕާލް ދަތުރެއްލިބޭ މުބާޜާތެއް އުރީދޫއިން ވަނީ ފަށާފަ --

އުރީދޫ އާއި ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) ގުޅިގެން "ސަޓާ 2017 އިންސްޓާގްރާމް ފޮޓޯ ކޮންޓެސްޓް"ގެ ނަމުގައި މުބާރާތެއް ފަށައިފިއެވެ.

އުރީދޫއިންބުނީ، އެ މުބާރާތަކީ މި މަހުގެ ނުވަނަ ވަނަ ދުވަހުންފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މުބާރާތެއް ކަމަށެވެ. އަދި އެ މުބާރާތަކީ އިންސްޓާގްރާމް ބޭނުން ކުރައްވާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މުބާރާތެއް ކަމަށްވެސް އުރީދޫއިން ބުންޏެވެ.

މުބާރާތުގައި ބައިވެރިވުމަށްޓަކައި ހަދަންޖެހޭނީ ކިހިނެއް؟

"ސަޓާ 2017 އިންސްޓާގްރާމް ފޮޓޯ ކޮންޓެސްޓް"ގައި ވާދަ ކުރުވުމަށް އައްޑޫސިޓީގެ ފޮޓޯ ނެގުމަށްފަހުގައި އިންސްޓާގްރާމަށް އަޕްލޯޑްކޮށް ކެޕްޝަންގައި

SATA2017 #EquatorVillage #AdduCity #Ooredoo# ޖަހަން ޖެހޭނެކަމަށް އުރީދޫއިން ބުންޏެވެ. އަދި ފޮޓޯ އަޕްލޯޑްކުރާ އިންސްޓާގްރާމް އެކައުންޓަކީ ޕަބްލިކް އެކައުންޓަކަށް ވާންޖެހޭނެ ކަމަށާއި އުރީދޫ މޯލްޑިވްސްގެ އިންސްޓާގްރާމް އެކައުންޓަށް ފޮލޯކުރާ އެކައުންޓަކަށްވެސް ވާންޖެހޭނެކަމަށް އުރީދޫއިން ބުންޏެވެ.

މުބާރާތް ކުރިއަށް ގެންދާ މުއްދަތު ހަމަވުމުން، މުބާރާތުގެ މުއްދަތުގެ ތެރޭގައި ވާދަ ކޮށްފައިވާ ފޮޓޯތަކުގެ ތެރެއިން އެންމެ ގިނަ "ލައިކްސް" ލިބިފައިވާ ފޮޓޯ އެއް ހޮވާނެކަމަށް އުރީދޫއިން ބުންޏެވެ.

އެންމެ ގިނަ ލައިކްސްއާއެކު އެއްވަނަ ލިބޭ ފަރާތަކަށް ނޭޕާލަށް ދެކޮޅު ޓިކެޓާއެކު ނޭޕާލްގެ "ހޮޓެލް މަލްބަރީ"ގައި ހަތަރު ރޭގެ ހުރުން ލިބިގެންދާނެކަމަށް އުރީދޫއިން ބުންޏެވެ.

ސަޓާ އެވޯޑްގެ ގާލާ އިވެންޓް ބާއްވަން ހަމަޖެހިފައިވަނީ އަައްޑޫ ސިޓީގެ އީކުއޭޓާ ވިލެޖްގައި މި މަހުގެ 27 ވަނަ ދުވަހުއެވެ.

comment ކޮމެންޓް