ވެސްލިން، ހީކުރާ ވަރަށް ވުރެ ގިނަ ކަންތައްތަކަށް ބޭނުން ކުރެވޭ!

ގައިގެ ހަންގަނޑު އޮމާންކޮށް ބަހައްޓަން ބޭނުން ހެއްޔެވެ؟ އިސްތަށިގަނޑަކީ އޮމާން، ފަށުވި އިސްތަށިގަނޑަކަށް ހަދަން ބޭނުން ހެއްޔެވެ؟ ލޮލުގައި އުނގުޅާ އައިޝެޑޯ ގިނައިރު ބަހައްޓަން ބޭނުން ހެއްޔެވެ؟ މި ހުރިހާ ކަމަކަށް ފަސޭހަ ހައްލެެއް އެބައޮތެވެ. އެއީ ވެސްލިން ނުވަތަ ޕެޓްރޯލިއަމް ޖެލީ އެވެ.

ފަށުވި، ރީތި އިސްތަށިގަނޑެއްގެ ވެރިއަކަށް ވާން ބޭނުން ނަމަ ކުރަންވީ ކަމަކީ އިސްތަށިގަނޑުގެ ކޮޅުގައި، އަދި ހަލާކުވެފައި ހުންނަ ހިސާބުތަކުގައި ވެސްލިން އުނގުޅުމެވެ. ދުވަސްކޮޅެއްގެ ތެރޭ އިސްތަށިގަނޑުގެ ކިފުޅިކަން ކެނޑި އިސްތަށިގަނޑު އޮމާންވެދާނެ އެވެ.

ގައިގެ ހަންގަނޑު އޮމާންކޮށް ބަހައްޓަން ބޭނުން ނަމަ މޫދު ލޮނާ އެކު ހަންގަނޑުގައި ވެސްލިން އުނގުޅިދާނެ އެވެ. މިއީ ޑީއައިވައި ލޯޝަންއެއް ކަމަށް "ވެސްލިން އެކްސްޕާޓުން" ބުނެ އެވެ.

ޑީއައިވައި ހައިލައިޓާއެއް ވެސް ވެސްލިން ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވިދާނެ އެވެ. މޫނުގައި ޖަހާ ފުށް ކޮޅަކާ ވެސްލިން އެއްކޮށްލުމަށް ފަހު ކޮލު ކަށިގަނޑުގައި އުނގުޅާށެވެ.

ރީތި ބުމަ އަކަށް ވެސް އޮތް އެންމެ ފަސޭހަ ހައްލަކީ ވެސްލިން އެވެ. ކޮންމެ ދުވަހަކު ވެސް ބުމާގައި ކުޑަ ވެސްލިން ކޮޅެއް އުނގުޅާލުމުން މުޅި ދުވަސް އެއްކޮށް ބުމަ ރީތިކޮށް ހުންނާނެ އެވެ.

ހަންގަނޑުގައި އަނދާފައި ހުންނަ ތަންތަނުގައި ވެސް ވެސްލިން އުނގުޅާލާށެވެ. ދިލަ ނެގުން ހުއްޓި، އެތަން ފަސޭހަވާލެއް އަވަސް ވާނެ އެވެ.
މައުލޫމާތު: ހިންދުސްތާނު ޓައިމްސް

comment ކޮމެންޓް