ބޮބީ ޑިއޯލް ވެސް "ރޭސް3"ގައި؟

ބޮބީ ޑިއޯލް

ކާމިޔާބު ފިލްމު ސީރީޒް 'ރޭސް'ގެ ތިން ވަނަ އިންސްޓޯލްމަންޓުގައި އެކްޓަރު ބޮބީ ޑިއޯލް ވެސް ހަރަކާތްތެރިވާނެ ކަމަށް ބޮލީވުޑްގެ ރިޕޯޓްތައް ބުނެފިއެވެ.

ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ބޮބީ ވަނީ އެ ފިލްމުގައި އޭނާ ހަރަކާތްތެރިވާނެ ކަން ކަށަވަރުކޮށްދީފައެވެ.

" ބޮބީ އަކީ ވަރަށް ތަޖުރިބާ ހުރި މޮޅު އެކްޓަރެއް. ވަރަށް ގިނައިން އޭނަ އާއި އެކީ މަސައްކަތް ކޮށްލަން ލިބިފައި އެބަހުރި. އެ ހުރިހާ ފަހަރުތަކުގައި ވެސް އޭނާގެ މޮޅުކަމާއި، ކަމަށް ކަމޭ ހިތާކަން ވަނީ ފެނިގެން ގޮސްފައި. ފިލްމުގެ ޓީމުގައި ހަރަކާތްތެރިވާ ބައިވެރިއަކު ބުންޏެވެ.

'ރޭސް'ގެ ފުރަތަމަ ފިލްމު ރިލީޒް ކޮށްފައި ވަނީ 2008 ވަނަ އަހަރުއެވެ. ދެވަނަ ފިލްމު ބެލުންތެރިންނާ ހަމައަށް އައިސްފައި ވަނީ 2013 ވަނަ އަހަރުއެވެ.

ފިލްމުގައި ހަރަކާތްތެރިވާ އަނެއް ތަރިންނަކީ ސަލްމާން ހާން، ޖެކްލީ ފާނަންޑޭޒް އަދި ޑެއިޒީ ޝާހެވެ.

"ރޭސް3" ގައި ސަލްމާން 'ވިލަން' އެއްގެ ރޯލު އަދާކުރާއިރު ޖެކްލީން އަދާކުރަން ޖެހިފައިވަނީ ފުލުހެއްގެ ރޯލުކަން ފާހަގަކޮށްލެވެއެވެ.

ސަލްމާން އާއި ޖެކްލީން އަލަށް ސްކްރީނުން ފެނިގެންދާއިރު އެ ފިލްމު ވެގެންދާނީ ގިނަ ބަޔަކަށް ކަމުދާ މޮޅު ފިލްމަކަށް ކަން ގަބޫލުކުރެވެއެވެ.

comment ކޮމެންޓް