ރަންބީރު އާއި އާލިއާގެ ފިލްމަށް ކިޔަނީ 'ބްރަހްމަސްޓްރާ'

ރަންބީރު ކަޕޫރު އަދި އާލިއާ ބަޓް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމުގެ ނަން ހާމަކޮށްފި އެވެ. ވަގުތީ ގޮތުން 'ޑްރެގަން' ކީ ފިލްމަށް ދީފައިވާ ނަމަކީ 'ބްރަހްމަސްޓްރާ' އެވެ.

ފިލްމުގެ ނަން ހާމަކޮށްފައި ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރު ކުރި ޓުވީޓެއްގައެވެ. ކަރަން ވަނީ އެއީ ތިން ފިލްމުގެ މައްޗަށް ހިމެނޭ ފިލްމު ސީރީޒެއް ކަން ހާމަކޮށްފައެވެ.

މިއީ ކާމިޔާބު ޑައިރެކްޓަރު އަޔާން މުކަރްޖީގެ ފުރަތަމަ ފެންޓަސީ ފިލްމެވެ. ފިލްމުގައި ރަންބީރު ފެނިގެން ދާނީ އާދަޔާ ޚިލާފު ބާރުތަކެއް ލިބިފައިވާ މީހެއްގެ ރޯލުންނެވެ.

އަންނަ އަހަރުގެ ކުރީކޮޅު ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި ވާއިރު ރަންބީރާއި އާލިއާގެ އިތުރުން މުހިންމު ރޯލަކުން އަމީތާބް ބައްޗަން ވެސް ފެނިގެން ދާނެ އެވެ.

ސީރީޒްގެ ފުރަތަމަ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 2019 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 15 ވަނަ ދުވަހު އެވެ.

comment ކޮމެންޓް