ކާޖޮލް އާ ދެމެދު ޖެހުނު މައްސަލަ ހާމަކުރެވުނީތީ ލަދުގަނޭ: ކަރަން

ކުޅަދާނަ ޑައިރެކްޓަރު ކަރަން އަދި އެންމެ ކާމިޔާބު ބަތަލާ ކާޖޮލް

ކާޖޮލް އާ ދެމެދު ޖެހުނު މައްސަލަ ހާމަކުރެވުނީތީ އެކަމާ ލަދުގަނެ ހިތާމަ ކުރާ ކަމަށް ކަރަން ޖޯހަރު ބުނެފި އެވެ.

ދެ ފަންނާނަކީ ފެށުނީއްސުރެން އެންމެ ގާތް ރަހުމަތްތެރިންނަށްވީ ނަމަވެސް ދެ މީހުންގެ މެދުގައި މައްސަަލަ ޖެހުނީ ކަރަންގެ "އޭ ދިލް ހެ މުޝްކިލް" އާއި ކާޖޮލްގެ ފިރިމީހާގެ "ޝިވާއޭ" ބޮކްސް އޮފީހުގައި ކުރިމަތިލުމަަކަށް ދާން ޖެހުނު ހިސާބުން ކަމަށް ބޭރުގެ ހަބަރުތައް ބުނެ އެވެ.

ކަރަން ބުނީ އެކަމަކީ އޭރު ނުވިސްނާ ކުރެވުނު ވަރަށް 'ކަޑަ' ކަމެއް ކަމަށެވެ.

"އެއީ އަހަރެންނަށް ނުވިސްނާ ހެނދުނު ޅަ އެއްޗެއް. މިހާރު އެކަމާ ލަދުގަނެ ހިތާމަ ކުރަން. މިހާރު ހިތަށް އަރާ އާންމުންނަށް އެކަން ނާންގާ އަމިއްލައަށް އެ ވާހަކަ ހިތުގައި ބާއްވައިގެން ހުރެވުނު ނަމައޭ. އޭގެ ސަބަބުން ހާމަކުރަން ބޭނުންނުވާ ބައިވަރު ކަންތައް ބެލުންތެރިންނަށް އެނގި ހާމަ ވެގެން ދިޔަ." އޭނާ ބުންޏެވެ.

ކާޖޮލް އާއި ކަރަން މައްސަލަ ޖެހުނަސް މިހާރު އަނެއްކާ ވެސް ވަނީ ގުޅިފަ އެވެ. ކަރަން ބުނި ގޮތުގައި އޭނާއަށް އެއްމާބަނޑު ދެބެން ލިބުމުން އެންމެ ކުރިން ވެސް އޭނާ އަށް މެސެޖުކުރީ ކާޖޮލް ކަމަށް ނޫހަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

comment ކޮމެންޓް