ގަމުގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދެ މީހަކު މާލެ ގެންނަނީ

ލ. ގަމު ލިންކުރޯޑުގައި މީގެ ކުރިން ހިނގި އެކްސިޑެންޓެއް: މިރޭ ގަމުގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް ވަނީ އަނިޔާވެފައި -- ސަން ފޮޓޯ: ކިޔުންތެރިއެއް

ލ. ގަމުގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދެ މީހަކު އިތުރު ފަރުވާއަށް މާލެއަށް ގެނައުމުގެ މަސަތްކަތް ކުރަމުން އެބަދެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ މިރޭ 6:12 ހާއިރު ލ. ގަން މަތިމަރަދޫ އަވަށުގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކަށް ގަން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.

އާސަންދަ ކުންފުނީގެ މީޑިއާ އޮފިށަލަ އާޝިޔާ ސޯލިހް ވިދާޅުވީ އެ އެކްސިޑެންޓްގައި އަނިޔާވި 27 އަހަރުގެ ފިރިހެނަކާ 25 އަހަރުގެ އަންހެނެއް މާލެ ގަނައުމުގެ މަސަތްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ދެ މީހުންގެ ފަޔަށާއި ބޮލަށް އަނިޔާވެފައިވާއިރު ފިރިހެން މީހާގެ ހާލު ސީރިއަސް ކަމަށް އާޝިޔާ ވިދާޅުވިއެވެ.

އަދި އަންހެން މީހާގެ ހާލު ސްޓޭބަލް ނަމަވެސް އޭނާ މާލެ ގެންނަނީ ބޮލަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ސީޓީ ސްކޭނެއް ހެދުމަށް ކަމަށް އާޝިޔާ ވިދާޅުވި އެވެ.

comment ކޮމެންޓް