Sun Online
ހިރިމަރަދޫ ފުޓްބޯޅަ ދަނޑުގެ ފަސްގަނޑު ލެވެލް ކުރުމާއި ވަށާފާރު ރޭނުމަށް ބަޔަކާ ހަވާލު ކުރުމުގެ ރަސްމިއްޔާގެ ތެރެއިން-- ފޮޓޯ ހިރިމަރަދޫ ކައުންސިލް
ހިރިމަރަދޫ ފުޓްބޯޅަ ދަނޑުގެ ފަސްގަނޑު ލެވެލް ކުރުމާއި ވަށާފާރު ރޭނުމަށް ބަޔަކާ ހަވާލު ކުރުމުގެ ރަސްމިއްޔާގެ ތެރެއިން-- ފޮޓޯ ހިރިމަރަދޫ ކައުންސިލް

ހިރިމަރަދޫ ފުޓްބޯޅަ ދަނޑުގެ ރަނގަޅު ކުރަން ބަޔަކާ ހަވާލު ކޮށްފި

އަފްރާހް އަބްދުއްރަޝީދު
ލިޔުނީއަފްރާހް އަބްދުއްރަޝީދު

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގެ ތެރެއިން ކުޅިވަރު ވަސީލަތް ގާއިމްކުރުމަށް ސަރުކާރުން ހިންގްވާ މަޝްރޫއުގެ ދަށުން ހދ. ހިރިމަރަދޫ ފުޓްބޯޅަ ދަނޑުގެ ފަސްގަނޑު ލެވެލް ކުރުމާއި ވަށާފާރު ރޭނުމުގެ މަސައްކަތް އިއްޔެ ބަޔަކާ ހަވާލު ކޮށްފި އެވެ.

ހިރިމަރަދޫ ސްކޫލުގައި ބޭއްވި އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދެވެ. އަދި މަސައްކަތް ހަވާލު ކުރެވުނު ކުންފުނި ކަމަށްވާ ވޭވް ލެންތުގެ ފަރާތުން ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔޫނުސް އިބްރާހީމް އެވެ.

ޔޫތު މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ އަގަކީ 992،800 ރުފިޔާ އެވެ. އަދި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 70 ދުވަހެވެ.

ކުޅިވަރުގެ ވަސީލަތްތައް ގާއިމްކުރެއްވުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ހިރިމަރަދޫގައި މި އަހަރުތެރޭގައި ވޮލީ ކޯޓަކާއި ބަށި ކޯޓެއް ވަނީ ގާއިމްކޮށްފަ އެވެ.

infinity loading...
×
DB released 01.