އަމީތާބުގެ އުފަންދުވަސް ފާހަގަކުރުމަށް ރާއްޖެ އަތުވެއްޖެ

އަމީތާބް ރާއްޖޭގައި.-

ބޮލީވުޑްގެ "ކިންގް" އަމީތާބް ބައްޗަން އޭނާގެ 75 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށް ޓަކައި މިއަދު ހެނދުނު ފްލައިޓަކުން އާއިލާއާ އެކު އޭނާ މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އަބީޝޭކް އާއި އަބީޝޭކްގެ އަންހެނުން އައިޝްވާރިޔާއާ އެ މީހުންގެ ދަރިފުޅު ވެސް ވަނީ ރާއްޖެ އައިސްފަ އެވެ.

އަމީތާބް އެއާޕޯޓް ތެރޭގައި ނަގާފައިވާ ފޮޓޯތަކެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު މިފަހަރު ވެސް އޭނާ ހުންނަން ހަމަޖެހިފައި ވަނީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގަ އެވެ.

ކުރިން އޭނާގެ އުފަންދުވަސް ފާހަގަކުރުމަށް އަމީތާބް ރާއްޖެ ނާންނާނެ ކަމަށް ބޭރުގެ ހަބަރުތައް ބުނި ކަމުގައިވީ ނަމަވެސް އޭނާ މިއަދު ވަނީ އާއިލާ އާއި އެކު ރާއްޖެ އައިސްފައެވެ.

އަމީތާބް ބޭނުން ވަނީ އޭނާގެ އާއިލާ އާއި ގާތް ރައްޓެހިންނާ އެކު ކުޑަގޮތަކަށް މި ފަހަރު އުފަން ދުވަސް ފާހަގަ ކުރާށެވެ. އަމީތާބް އެތަކެއް ފަހަރު މަތިން ރާއްޖެ އައިސްފައިވީ އިރު އޭނާގެ ދަރިފުޅު އަބީޝޭކް ބައްޗަންގެ އުފަންދުވަސް ފާހަގަ ކުރުމަށް ވެސް އެ އާއިލާއިން ވަނީ އެއް ފަހަރު ރާއްޖެ އައިސްފައެވެ.

އުމުރުން 75 އަހަރުވާ އިރު ވެސް އަމީތާބް ހުރީ އިންޑިއާގެ ފިލްމީ ދާއިރާގެ އުޑުގައި ފިޔަޖަހާ އެންމެ އަލިގަދަ ތަރީގެ ގޮތުގަ އެވެ. ފިލްމީ ދާއިރާއަށް ލޯބިކުރާ މީހުންގެ ތެރޭން، އެންމެ ކުޑައިން ފެށިގެން އެންމެ ދުވަސްވީ މީހާއާ ހަމައަށް ވެސް އަމީތާބް ނޭނގޭ މީހެއް އަދި އޭނާއަށް ސަޕޯޓު ނުކުރަމޭ ބުނާނެ މީހެއް މަދުވާނެ އެވެ.

comment ކޮމެންޓް