"ޕަދްމާވަތީ"ގެ ޓްރެއިލާ އާންމުކޮށްފި

"ޕަދްމާވަތީ"ގެ ޕޯސްޓަރު

ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓްކޮށް އުފައްދާ ފިލްމް "ޕަދްމާވަތީ"ގެ ޓްރެއިލާ އާންމުކޮށްފި އެވެ.

ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު ރިލީޒްކުރާ "ޕަދްމާވަތީ" ގައި ހަރަކާތްތެރިވާ މުހިއްމު ތަރިންނަކީ ދީޕިކާ ޕަދުކޯން، ރަންވީރު ސިންހް އަދި ޝާހިދު ކަޕޫރެވެ.

ފިލްމުގެ ޓްރެއިލާ ބައިލުމުން ވެސް އެ ފިލްމަކީ މޮޅު ތަފާތު ފިލްމެއްކަން އެނގިގެން ދެއެވެ. އެ ފިލްމުގެ ޕޯސްޓަރު އާންމުކުރި ހިސާބުންވެސް ބެލުންތެރިން އިންތިޒާރު ކުރަމުން އައީ އެ ފިލްމު ސިނަމާ ތަކުގައި އަޅުވާނެ ދުވަހަކަށެވެ.

ތާރީހީ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމާއި މެދު ދީޕިކާ ބުނީ ފިލްމާއި ދޭތެރޭ އެއްވެސް ކަހަލަ ޝައްކެތް ނެތް ކަމަށެވެ. ފިލްމު ވެގެންދާނީ މޮޅު ބެލުންތެރިން ހިތްހަމަޖެހޭ ވަރުގެ ފިލްމަަކަށްކަމަށެވެ.

ޕަދްމާވަތީގައި ޕަދްމާވަތީގެ ރޯލުން ފެނިގެން ދާނީ ދީޕިކާ އެވެ. ޕަދްމާވަތީގެ ފިރިމީހާ ރާޖާ ރަވާލް ރަތަން ސިންގްގެ ރޯލުން ފެނިގެން ދާނީ ޝާހިދު އެވެ. އަދި ރަންވީރު ސިންހް އަދާކުރާނީ އަލާއުއްދީން ޚިލްޖީގެ ރޯލެވެ.

comment ކޮމެންޓް