އެސްއެސްސީ އިމްތިހާނު ކަރުދާސް ލީކެއް ނުވޭ: އެޑިއުކޭޝަން

ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއު ވާހަކަފުޅު ދައްކަވަނީ- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ އެސްއެސްސީ އިމްތިހާނު ކަރުދާސް، ލީކުނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ފެތުރެމުންދާ ދޮގު ޚަބަރުތަކެއްކަމަށް ވިދާޅުވެ އެއަށް ރައްދު ދެއްވަމުން، އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއު ވިދާޅުވީ، މިއަހަރުގެ އެސްއެސްސީ އިމްތިހާނުގެ ސުވާލުކަރުދާސް ލީކުވިކަމަށާއި އަލުން އިމްތިހާން ބާއްވާކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް ހަގީގަތެއް އެކުލެވިގެން ވާ ވާހަކައެއް ނޫންކަމަށެވެ.

"އިމްތިހާނާ ބެހޭ މައުލޫމާތުތައް އިމްތިހާނުގެ ކުރިން ސްކޫލުތަކުގައި ހިއްސާކޮށްފައިވާ މައުލޫމާތަކީ ދޮގު މައުލޫމާތެއް. މިފަދަ އެއްވެސް ކަމެއް ހިނގައިފައެއް ނުވޭ. އިމްތިހާން ކަރުދާސް އޮތީ ސަލާމަތާއި ރައްކާތެރިކަމާއި އެކީ،" އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ 7000 އަށް ވުރެ ގިނަ ދަރިވަރުން ހަދަމުންދާ އެ އިމްތިހާނުގައި ސުވާލު ކަރުދާސްތައް ހެދުމަށް ހޮވާފައިވަނީ ވަކި ޝަރުތުތަކަށް ކަނޑައަޅާފައިވާ ތިބި ތަޖްރިބާކާރު މީހުން ކަމަށެވެ.

މިކަމާ ގުޅޭގޮތުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެކްޒާމިނޭޝަންގެ ޑިރެކްޓަރ ޖެނެރަލް އަހްމަދު ޝަކީބު ވިދާޅުވީ، އެ ޑިޕާޓްމަންޓުން ބާއްވާ ކޮންމެ އިމްތިހާނެއްގައި ރާއްޖޭގެ ކިޔަވާކުދިންގެ ހައްގުތައް ފުރިހަމައަށް ހިމާޔާތްކޮށްދިނުމާއެކު ސަލާމަތާއި ރައްކާތެރިކަމަށް އަބަދުވެސް އިސްކަންދޭކަމަށެވެ.

comment ކޮމެންޓް