"ބާޣީ 2" ކުޅުމަށް ޓައިގާ ޝްރޯފް ފަސް ކިލޯ ބަރުކޮށްފި

'ބާޣީ' ގެ މަންޒަރެއްގައި ޓައިގާ: ބާޣީގެ ދެވަނަ ބައިގެ ޝޫޓިން މިހާރު ވަނީ ފަށާފައި --

"ބާޣީ 2" ކުޅުމަށް ޓައިގާ ޝްރޯފް ފަސް ކިލޯ ބަރުކޮށްފިއެވެ.

"ބާޣީ"ގެ ދެވަނަ ބައި ކުޅުމަށް ތައްޔާރުވަމުން އަންނަ ޓައިގާ ބުނީ އެ ފިލްމު ކުޅުމަށް މިހާރު ފަސް ކިލޯ ބަރުވެފައިވާ ކަމަށެވެ.

"މި ފިލްމަކީ ވަރަށް ބޮޑު ފިލްމެއް. ވަރަށްް މަސައްކަތުން ކުޅެވޭ ފިލްމެއް. ބެލުންތެރިން ގަބޫލު ކުރޭ ފިލުމްގެ ފުރަތަމަ ބަޔާއި އަޅާ ބަލާއިރު ފިލްމުގެ ދެވަނަ ބައި ރަގަޅުވާން. އެހެންވެ މީހުންގެ އުންމީދާއި އެއްވަރަށް ފިލްމުގައި މަސައްކަތް ކުރަންޖެހޭނެ. މޮޅު އެކްޓެއް މިފަހަރުވެސް ދައްކާނަން،" ޓައިގާ ބުންޏެވެ.

ސާޖިދު ނަދިއަދްވާލާ ޕްރޮޑިއުސްކުރާ އެ ފިލްމުގެ ފުރަތަމަ ބައި ޑައިރެކްޓްކުރީ ސައްބީރް ޚާން އެވެ. ނަމަވެސް ދެ ވަނަ ބައި ޑައިރެކްޓްކުރަނީ މަަޝްހޫރު ކޯރިއޯގްރާފަރު-ޑައިރެކްޓަރު އަހުމަދު ޚާނެވެ.

ފުރަތަމަ ފިލުމުން ޝްރައްދާ ކަޕޫރު ފެނުނުކަމުގައި ވީނަމަވެސް "ބާޣީ 2" ގައި ޓައިގާ އާއެކު ބަތަލާގެ ރޯލު ކުޅެނީ އޭނާގެ ހަގީގީ ލޯބިވެރިޔާ ދިޝާ ޕަޓާނީ ކަމަށް ހަބަރުތައް ބުނެއެވެ.

"ބާޣީ"ގެ ދެވަނަ ބައި ވެގެންދާނީ ފުރަތަމަ ފިލްމުގެ ސްޕިންއޯފް އަކަށެވެ. 'ބާޣީ2" ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 28 ވަނަ ދުވަހުގައެވެ.

comment ކޮމެންޓް