ހިމަންދޫއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި

ހިމަންދޫން ހައްޔަރުކުރި މީހާގެ ދަބަސް ތެރެއިން ފެނުނު މަސްތުވާތަކެތި -- ފޮޓޯ: ފުލުހުން

އއ. ހިމަންދޫއަށް މަސްތުވާތަކެތު އެތެރެކުރި މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހިމަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް އިޓަލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެގިފައިވާ ގޮތުގައި ހިމަންދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުން މިއަދު ހައްޔަރުކޮށްފައިވަނީ މާލެ އިން އެރަށަށް ދަތުރުކުރާ ލޯންޗެއްގެ ކައްޕިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހިމަންދޫ ޖެޓީ މަތިން އޭނާ ހުއްޓުވައި ބަލާ ފާސްކުރިއިރު އޭނާ އަތުގައި އޮތް ދަބަހެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 50 ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރި އެ މީހާގެ މައްސަލަ އެ އަތޮޅު ރަސްދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ އިތުރަށް ތަހްގީގް ކުރަމުންނެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާރަކަށް އައިސް އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުން މަސްތުވާތަކެއްޗާއި އެކު މީހުން ހައްޔަރުކުރަމުން ކަން ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް