ހުޅުމާލޭގައި ކާރެއް ގަހެއްގައި ޖެހި އެކްސިޑެންޓް ވެއްޖެ

ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓު --- ސަން ފޮޓޯ

ހުޅުމާލޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ، ގަހެއްގައި ޖެހި އެކްސިޑެންޓް ވެއްޖެ އެވެ.

އެ އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގަ އެވެ.

ފުލުހުން ބުނީ، އެ އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ ރޭ 11:30 ހާއިރު ކަމަށެވެ.

އެ އެކްސިޑެންޓުގައި ކާރުގެ ކުރީކޮޅު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

އެ އެކްސިޑެންޓް ހިނގި އިރު ކާރުގައި ދެ މީހުން ތިބި ކަމަށް ފުލުހުން ބުންޏެވެ. އެއިން މީހަކަށް އަނިޔާއެއް ނުވެ އެވެ. ނަމަވެސް ކާރުގެ ޑްރައިވަރު ޑޮކްޓަރަށް ދައްކާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

comment ކޮމެންޓް