"ޖުޅްވާ2" އަށް ހަފްތާ އެއްގެ ތެރޭގައި 98 ކްރޯޑު!

ފިލްމުގައި ހަރަަކާތްތެރިވާ ދެ ތަރިން

ކުޅަދާނަ ޑައިރެކްޓަރު ޑޭވިޑް ދަވަން ޑައިރެކްޓްކޮށް ސިނަމާ ތަކުގައި މިހާރު އަޅުވަމުން ގެންދާ ފިލްމް "ޖުޅްވާ2" އަށް ހަތް ދުވަސް ތެރޭގައި 98 ކުރޯޑް (9.8 ބިލިއަން ރުޕީސް) ލިބިއްޖެއެވެ.

އެއާއެކު ފިލްމުން 100 ކްރޯޑު ހޯދައިގެން 100 ކްރޯޑް ކްލަބަށް ވަނުމުގެ ޖާގަ މިހާރު ވަނީ ވަރަށް ބޮޑަށް ފުޅާވެގެން ގޮސްފައެވެ. ވަރުން އެކަނި ވެސް އެ ފިލްމުން މި ވަނީ އެތައް ރިކޯޑްތަކެއް މުގުރާލާފައެވެ.

"ޖުޅްވާ 2" އާ ވާދަކުރާނެ ތިން ފިލްމެއް މިދިޔަ ހުކުރު ދުވަހު ރިލީޒް ކޮށްފައިވާ އިރު އެ ފިލްމު ތަކަކީ ސައިފް އަލީ ޚާންގެ "ޝެފް" އާއި "ވިކްޓޯރިއާ އެންޑް އަބްދުލް" އަދި "ތޫ ހޭ މޭރާ ސަންޑޭ" އެވެ. ނަމަވެސް އެ ތިން ފިލްމަށް ވެސް "ޖުޅްވާ2"ގެ ކާމިޔާބީ އާ ގާތަށް ވެސް ޖެހިލާފައެއް ނުވެއެވެ.

"މި ފިލްމަކީ ވަރަށް ރީތި ފިލްމެއް. މުޅިން ތަފާތު ފިލްމެއް މިއީ. ބެލުންތެރިން ހެއްވާލާނެ ކަހަލަ ފިލްމެއް. ހުރިހާ އުމުރު ފުރައެއްގެ މީހުންނަށް ވެސް ހިތްހަމަޖެހޭ ކަހަލަ ވަގުތުކޮޅެއް ހޭދަވާނެ މި ފިލްމު ބަލާލަން އައުމުން،" ވަރުން ބުންޏެވެ.

ވަރުން ބުނި ގޮތުގައި އާޓިސްޓެއްގެ ހައިސިއްޔަތުން އޭނާގެ ފިލްމު ކާމިޔާބުވުމުން ވަރަށް އުފާވެއެވެ. އެގޮތުން އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމަށް "ޖުޅްވާ 2" މިވަނީ ވެފައެވެ. އެކަމަށްޓަކައި ވަރުން ވަނީ ބެލުންތެރިންނަށް ޝުކުރު އަދާކޮށްފައެވެ.

comment ކޮމެންޓް