އެމެރިކާ ސަރުކާރަށް ވުރެ އެޕަލް ކުންފުނި މުއްސަނދި ވެއްޖެ

އެމެރިކާގެ ޓްރެޝަރީން އެންމެ ފަހުން އިއުލާންކުރި ސްޓޭޓްމެންޓްގައިވާ ގޮތުން އެމެރިކާގެ ސަރުކާރުގައި އޮޕަރޭޓިން ކޭޝްގެ ގޮތުގައި މިހާރު ހުރީ 73.8 ބިލިޔަން ޑޮލަރެވެ. އެއީ ވަރަށް ގިނަ އަދަދެއްގެ ފައިސާއެވެ. އެހެން ނަމަވެސް އެއީ އެމެރިކާގެ މަހުޖަނެއްކަމަށްވާ ސްޓީވް ޖޮބް އަތުގައި ފައިސާ ހުރިވަރަށް ވުރެ މަދު އަދަދެކެވެ.

އެޕަލް ކުންފުނީގައި ފައިސާގެ ގޮތުގައި އަދި މާކެޓަށް ނެރެ ވިއްކާލެވެން ހުރި ސެކިއުރިޓީ ބިލްތަކުގެ ގޮތުގައި ހުރި ފައިސާގެ އަދަދަކީ 76.2 ބިލިޔަން ޑޮލަރެވެ. އެމެރިކާ ސަރުކާރު ދަރަނިން ސަލާމަތް ނުވެވިގެން އުޅޭއިރު އެޕަލްއިން އެކުންފުނީގެ ހިންގުމަށް ހަރަދުކުރާ ފައިސާއަށް ވުރެ ގިނަ ފައިސާ އެކުންފުންޏަށް ލިބޭ ކަމަށް ވެއެވެ.

އެޕަލްގެ އުފެއްދުންތައް ކަމަށްވާ އައިފޯނާއި އައިޕެޑަކީ މިހާރުވެސް އެންމެ ގިނައިން ވިކޭ އުފެއްދުންތައް ކަމަށްވާއިރު އެކުންފުނީގެ ހިއްސާއެއްގެ އަގަކީ 400 ޑޮލަރެވެ. އަދި އެޕަލް ވެފައިވަނީ ސްމާޓް ފޯނު އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުންޏަށެވެ.
އެޕަލްގެ ފައިސާ މިހާ ގިނަވުމާ ގުޅިގެން ސޮނީއާއި ފޭސްބުކް ފަދަ ކުންފުނިތައް އެޕަލްއިން ގަނެފާނެ ކަމަށް މިހާރު ބެލެވިފައި ވިޔަސް އެޕަލްއިން އެހާ އަވަހަށް އެދަ ކަމެއް ކުރަން އުޅޭ ކަމުގެ ނިޝާނެއް އަދި ނުފެނެއެވެ. -- ސީއެންއެން
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު