ޖުވާ ކުޅޭ ސާމާނު އެއްވެސް ފަރާތަކަށް ދުލެއް ނުކުރަން: ކަސްޓަމްސް

ކަސްޓަމަސް އިމާރާތް -- ސަންފައިލް ފޮޓޯ

ރާއްޖެއަށް ގެނައި ޝިޕްމެންޓަކުން ޖުވާ ކުޅޭ ސާމާނު އެއްވެސް ފަރާތަކަށް ދޫކޮށްފައި ނުވާނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.

ސޯޝަލް މީޑިއާގައި ރާއްޖޭގެ ރިސޯޓަކަށް ޖުވާ ކުޅޭ މޭޒާއި އޭގެ ސާމާނު ރާއްޖެ ގެނައި ކަމަށް ބުނެ ޕޯސްޓް ތަކެއް ދައުރުވަމުން ދިޔަ އެވެ.

އެކަމާ ގުޅިގެން މިއަދު ކަސްްޓަމްސް ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެއަށް ގެނައި ޖުވާކުޅޭ ސާމާނު ހިމެނޭ ޝިޕްމެންޓެއް ކަސްޓަމްސް އިން ދޫކޮށްފައިވާ ކަމަށް ބުނެ ތަފާތު މީޑިއާ ތަކުގައި ވާހަކަ ދެކެވެމުން ދާ ކަމަށެވެ.

އެހެން ނަމަވެސް މިހާތަނަށް އެފަދަ އެއްޗެއް ދޫކޮށްފައި ނުވާނެ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އަދި ރާއްޖެއަށް އެތެރެކުރާ ނުވަތަ ބޭރުކުރާ މުދާ ބަލައި ފާސްކޮށް ދޫކުރުމުގެ ކަންތައް ކުރަމުންދަނީ ކަސްޓަމްސް ގާނޫނާއި ގަވާއިދު ތަކާއި އުސޫލުގެ ދަށުން ކަމަށް ކަސްޓަމްސް އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް