ސޫޗީ އަށް ދިން އޮކްސްފޯޑް ލަގަބު އަތުލައިފި

އަން ސަން ސޫޗީ---

ރޮހިންގާ މުސްލިމުންނަށް މިޔަންމާ ސަރުކާރުން ދެމުންދާ ލާ އިންސާނީ އަމަލުތައް އަން ސެން ސޫޗީ ދިފާއުކުރައްވާތީވެ، އޮކްސްފޯޑުން އެ ކަމަނާއަށް އަރުވައިފައިވާ ފްރީޑަމް އޮފް ޔޫކޭ ސިޓީގެ ލަގަބް އެ ސިޓީ އިން އަތުލައިފި އެވެ.

މިޔަންމާ އަށް ޑިމޮކްރަސީ ގެނެއުމަށް ސޫޗީ ކުރެއްވި މަސައްކަތްތައް ފާހަގަކޮށް އެ އެވޯޑް އެކަމަނާ އަށް އަރުވާފައި ވަނީ 1997 ވަނަ އަހަރު އެވެ.

އޮކްސްފޯޑުގެ ސިޓީ ކައުންސިލުން ބުނި ގޮތުގައި އެ ލަގަބް އެ ކަމަނާގެ އަތޮގައި އޮތުމަކަށް މިހާރު ހާލަތު ތަނެއް ނުދެ އެވެ.

ރޮހިންގާ މުސްލިމުންގެ މައްސަލަ މިފަހަރު ހޫނުވި ފަހުން މިޔަންމާގެ ސިފައިންގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ފަސް ލައްކަ އަށް ވުރެ ގިނަ ރޮހިންގާ މީހުން ވަނީ ބަނގުލަދޭޝައަށް އެތެރެވެފަ އެވެ.

މިޔަންމާގައި އަސްކަރީ ވެރިކަން އޮތް ދުވަސްވަރު ޑިމޮކްރަސީ އެގައުމަށް ގެނައުމަށް ޓަކައި މިޔަންމާގެ ރަންގޫން ސިޓީގައި އެތަކެއް އަހަރުތަކެއް ވަންދެން ގޭ ބަންދުގައި އެކަމަނާ ހުންނެވި އެވެ. އެއަށް ފަހު އެކަމަނާ ވެގެން ދިޔައީ މުޅި ދުނިޔެއަށް ވެސް ޑިމޮކްރަސީގެ ރަމްޒެކެވެ.

ނަމަވެސް މިޔަންމާ ސަރުކާރުން ރޮހިންގާ މުސްލިމުންނަށްދޭ ހަމަލާތައް ސޫޗީ އެއްވެސް ވަރަކަށް ކުށްވެރިކޮށްފައި ނުވާތީވެ، އެމްނެސްޓީ އިންޓަނޭޝަނަލް އާއި އަދި އެހެނިހެން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުގެ ފާޑުކިޔުން ސޫޗީއަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.

comment ކޮމެންޓް