75 ވަނަ އުފަންދުވަހަށް އާއިލާއާއެކު އަމީތާބް ރާއްޖެއަށް!

އަބީޝެކްގެ އުފަންދުވަސް ފާހަގަ ކުރުމަށް ބައްޗަން އާއިލާ ރާއްޖެ އައިސް ނަގައިފައިވާ ފޮޓޯ އެއް. އަމީތާބްގެ އުފަންދުވަސް ފާހަގަ ކުރުމަށް ވެސް ބައްޗަން އާއިލާ ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި ---

ބޮލީވުޑްގެ މެގަސްޓާ އަމީތާބް ބައްޗަން އޭނާގެ 75 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށް ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާ ނޫސްތަކުން ބުނެފި އެވެ.

އަމީތާބަށް 75 އަހަރު ފުރޭނީ މި މަހުގެ 11 ވަނަ ދުވަހު އެވެ. ޚަބަރުތައް ބުނާގޮތުން އުފަންދުވަސް ފާހަގަ ކުރުމަށް އަމީތާބް ރާއްޖެ އަންނާނީ 10 ވަނަ ދުވަހު އެވެ. އާމީތާބް އާއެކު އޭނާގެ އާއިލާ ވެސް ރާއްޖެ އަންނާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.

އަމީތާބް އޭނާގެ 75 ވަނަ އުފަންދުވަސް ފާހަގަ ކުރާނީ މުމްބާއީގައި ހުންނަ އޭނާގެ ގޭގައި ކަމަށް ކުރިން ރިޕޯޓު ކުރި ނަމަވެސް، އާއިލާ އާއެކު އަމީތާބް ރާއްޖެ އަންނާނެ ކަން މިހާރު ވަނީ ޔަގީންވެފައެވެ.

އަމީތާބްގެ ފިރިހެން ދަރިފުޅު އަދި ބޮލީވުޑް އެކްޓަރު އަބީޝެކް ބައްޗަންގެ 40 ވަނަ އުފަންދުވަސް ވެސް ފާހަގަ ކޮށްފައި ވަނީ ރާއްޖޭގައެވެ. އެފަހަރު ބައްޗަންގެ އާއިލާ ތިބީ މާލެ އަތޮޅުގައި އޮންނަ ވަން އެންޑު އޮންލީ ރީތިރަށް ރިސޯޓު ގައެވެ.

ޚަބަރުތައް ބުނާގޮތުން ބައްޗަން އާއިލާ މިފަހަރުވެސް ތިބުމަށް ހަމަޖެހިފައި ވަނީ ހަމަ އެ ރިސޯޓުގައެވެ. އަދި އަބީޝެކްގެ އުފަންދުވަހު އިންތިޒާމް ކުރި ކަހަލަ ޔޮޓް ޕާޓީ އެއް މިފަހަރު ވެސް ރާވައިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

comment ކޮމެންޓް