"ޓެލް މީ ޔޫ ލަވް"އާ އެކު ޑެމީގެ ޝުކުރު ދިވެހިންނަށް!

އެމެރިކާގެ ނަން މަޝަހޫރު ލަވަކިޔުންތެރިޔާ ޑެމީ ލޮވާޓޯ

އެމެރިކާގެ ނަން މަޝްހޫރު ލަވަ ކިޔުންތެރިޔާ ޑެމީ ލޮވާޓޯގެ އެންމެ ފަހުގެ އަލްބަމް "ޓެލް މީ ޔޫ ލަވް"އަށް އޭނާގެ ދިވެހި ފޭނުންނަށް ދެމުން އަންނަ ތަރުހީބަށް ޝުކުރު އަދާކޮށްފި އެވެ.

މިދިޔަ ހުކުރު ރިލީޒް ކުރި އެ އަލްބަމް ހަ ވަނަ އަލްބަމް 40 ގައުމެއްގެ ލަވަ ޗާޓްތަކުގެ އެއް ވަނަ އަރާފައިވާތީ އެކަން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާ ބުނީ އެ ލިސްޓަށް ރާއްޖޭގެ ނަން ވެސް އަރާފައިވާތީ ދިވެހިންނަށް ފަށްފަށުން ޝުކުރު އަދާކުރާ ކަމަށެވެ.

ދިވެހިންނަކީ އަބަދުވެސް އޭނާ އަށް ހާއްސަ ބައެއް ކަމަށާއި ދިވެހިން ދެކެ އަބަދުވެސް ލޯބިވާ ކަމަށް އޭނާ ބުންޏެވެ.

"މީހަކު ކުރިއަށް ދާނީ އެ މިހެއްގެ ފޭނުންގެ ސަބަބުން. ދިވެހިންނަކީ އަބަދުވެސް ހާއްސަ ބައެއް. ވަރަށް އިހުތިރާމް ކުރާވެސް ބައެއް. އަދި ވަރަށް ލޯބި ވެސްވާ ބައެއް،" އޭނާ ބުންޏެވެ.

ޑެމީގެ އާ އަލްބަމް "ޓެލް މީ ޔޫ ލަވް މީ" ގައި ޖުމްލަ 12 ލަވަ ހިމެނެ އެވެ.

comment ކޮމެންޓް