ޖުމްހުރީ ޕާޓީގެ އަސާސީ ގަވައިދު އިސްލާހު ކުރުމަށް ހިޔާލު ހޯދަން ހުޅުވާލައިފި

މާޗް 19، 2017: ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރާ މެމްބަރުންނަށް ޓިކެޓް ހަވާލުކުރުމަށް ކުނޫޒް ގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖުމްހުރީ ޕާޓިގެ އަސާސީ ގަވައިދު މިހާރަށް ވުރެ ހަރުދަނާ ކުރުމަށް ޓަކައި ކުރެވެމުންދާ މަސައްކަތަށް ހިޔާލު ހުށައެޅުމުގެ ފުރުޞަތު އެ ޕާޓީގެ މެމްބަރުންނަށާއި އާންމު ރައްޔިތުންނަށް ހުޅުވާލައިފި އެވެ.

އެ ޕާޓީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޖުމްހޫރީ ޕާޓީއަކީ ދިވެހި ގައުމާއި، ދިވެހި އެންމެހާ ރައްޔިތުންނަށް އެންމެ ފައިދާކުރަނިވި ގޮތުގައި ހިންގާ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރާނެ ޕާޓީއަކަށް މިހާރަށް ވުރެ ބޮޑަށް ހެދުމަށް ޕާޓީގެ އަސާސީ ގަވާއިދު އިސްލާހު ކުރަމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މަސައްކަތުގެ ދަށުން ސިޔާސީ ގޮތުން ކުރިއަށް ދިއުމަށް ބޭނުންވާ ހުރިހާ ޖިންސެއްގެ، ހުރިހާ ފަންތިއެއްގެ ފަރާތްތަކަށް ވެސް ހަމަހަމަ ފުރުޞަތު ލިބިދޭނެ ޕާޓީއަކަށް ހެދުމަކީ ވެސް އެއް އަމާޒު ކަމަށެެވެ.

އެހެން ކަމުން އެ މަސައްކަތް ވީހާވެސް ރަނގަޅަށް ކުރިއަށްގެންދަން ބޭނުންވާތީ ޕާޓީގެ މެންބަރުންނަށާއި ޖުމުލަކޮށް ހުރިހާ ރައްޔިތުންނަށް ގަވައިދު އިސްލާހު ކުރުމަށް ހިޔާޅު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ މިއަދުން ފެށިގެން ބަންދު ދުވަސްތައް ނުހިމަނައި 14 ދުވަހުގެ މުއްދަތައް ހިޔާލު ހުށައެޅުމަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ބަޔާނުގައި ބުނެފައި ވަނީ ހިޔާލު ހުށައަޅަން ބޭނުންވާ ފަރާތްތަކުން އެ ޕާޓީގެ އޮފީހަށް ހިޔާލުތައް ހުށައަޅަމުން ގެންދިޔުމަށް އެދޭ ކަމަށާއި އަދި އީމެއިލް އާ ފެކްސްގެ ޒަރިއްޔާއިންވެސް އެ މަސައްކަތް ކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް