'ހެޕީ ބާގް ޖާއެގީ ރިޓާންސް' ގައި ސޮނާކްޝީ އަދި ޑަޔާނާ އެކުގައި!

މުދައްސަރު އަޒީޒްގެ 'ހެޕީ ބާގް ޖާއެގީ'ގެ ސީކުއަލް އަށް ޑަޔާނާ ޕެންޓީ އާއެކު ދެވަނަ ލީޑެއްގެ ގޮތުގައި ބަތަލާ ސޮނާކްޝީ ސިންހާ ހަމަޖައްސައިފި އެވެ.

'ހޭޕީ ބާގް ޖާއެގީ' އަކީ އަމިއްލަ ކައިވެނިން ފިލާ އަންހެން ކުއްޖެއް (ޑަޔާނާ)ގެ ހަޔާތުގައި ދިމާވާ ކަންކަން ދައްކުވައިދޭ ފިލްމެކެވެ. ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެން ދިޔައީ ޑަޔާނާ ޕެންޓީ، އަބޭ ޑިއޯލް އަދި އަލީ އަފްޒަލް އެވެ.

'ހެޕީ ބާގް ޖާއެގީ ރިޓާންސް' ގައި ޑަޔާނާގެ ބަދަލުގައި 'ހެޕީ' ގެ ރޯލުން ފެނިގެން ދާނީ ސޮނާކްޝީ އެވެ. ދެވަނަ ފިލްމުގައި ޑަޔާނާ ފެނިގެން ދާނީ ކޮން ރޯލަކުން ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

އެހެން ނަމަވެސް ޑަޔާނާ ވަނީ ފިލްމުގެ ޝޫޓިން ފެށޭނެ އިރަކަށް ކެތްމަދުވެފައި ހުރި ކަމަށް ބުނެފައެވެ. ޑަޔާނާ ބުނީ 'ހެޕީ ބާގް ޖާއެގީ' އަކީ އޭނާއަށް ވަރަށް ޚާއްސަ ފިލްމެއް ކަމަށެވެ.

ޑަޔާނާގެ އިތުރުން ސޮނާކްޝީ ވެސް ހުރީ ފިލްމުގެ މަސައްކަތް ފެށުމަށް ކެތްމަދުވެފައެވެ. ސޮނާކްޝީ ބުނީ ފިލްމުގެ ފުރަތަމަ ބައި "ހެޕީ އަދި ޕޮޒިޓިވް" ކަމަށާއި، ދެވަނަ ބައި އެއަށްވުރެ ހުރިހާ ގޮތަކުން ރަނގަޅު ވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

comment ކޮމެންޓް