އާސެނަލް އިން ފަސޭހަކަމާ އެކު ބްރައިޓަން ބަލިކޮށްފި

އާސެނަލް އާއި ބްރައިޓަން ބައްދަލު ކުރި މެޗުގެ ތެރެއިން-- ފޮޓޯ/ އޭޕީ

އިނގިރޭސި ޕްރިމިއަރ ލީގުގައި ބްރައިޓަން އާ ކުޅެ އާސެނަލް އިން ފަސޭހަ މޮޅެއް ހޯދައިފި އެވެ.

އާސެނަލްގެ އެމިރޭޓްސް ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު އާސެލަން އޮތީ ކުޅުނު ހަތް މެޗުން 10 ޕޮއިންޓާއެކު ލީގުގެ ފަސް ވަނައިގައެވެ. އަދި ބްރައިޓަން އޮތީ ހަތް މެޗުން ހަތް ޕޮއިންޓު ހޯދައި ލީގުގެ 14 ވަނައިގައެވެ.

މެޗު ފެށިގެން އާސެނަލް އިން ވަނީ ބްރައިޓަންގެ ގޯލަށް ނުރައްކާ ކުރަން ފަށާފައެވެ. އެގޮތުން މެޗުގެ ފުރަތަމަ މިނެޓު ތެރޭގައި އަލެކްސް ލަކަޒެޓް ފޮނުވާލި ހަމަލާ އަމާޒުވީ ބްރައިޓަންގެ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

އާސެނަލުން ލީޑު ނެގީ މެޗުގެ 15 މިނެޓުގައި ޑިފެންޑަރު ނަޗޯ މޮންރިއާލް ކާމިޔާބު ކުރި ލަނޑުންނެވެ. އާސެނަލް އަށް ލިބުނު ކޯނަރު އިދިކޮޅު ޓީމަށް ސާފު ނުކުރެވި މޮންރިއާލް ވަނީ ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ ގޯލަށް ވައްދާލާފަ އެވެ.

އޭގެ އިރުކޮޅެއް ފަހުން ބްރައިޓަން އަށް ވަނީ ނަތީޖާ އެއްވަރު ކުރާނެ ރަނުގެ ފުރުސަތެއް ލިިބި ބޭކާރުވެފަ އެވެ. ޕެނަލްޓީ އޭރިއާ ބޭރުން އެ ޓީމުގެ ސޮލޯ މާޗް ފޮނުވާލި ހަމަލާ އަމާޒުވީ އާސެނަލް ގޯލުގެ މަތީ ދަނޑިއަށެވެ.

ދެވަނަ ހާފުގައި ވެސް އާސެނަލުން ވަނީ ބްރައިޓަންގެ ކޮޅަށް ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. ނަތީޖާއަކަށް ވީ މެޗުގެ 56 ވަނަ މިނެޓުގައި އާސެނަލްގެ އެލެކްސް އިވޯބީ ވަނީ ލަނޑެއް ޖަހައި އެ ޓީމުގެ ލީޑު ފުޅާ ކޮށްދިނުމެވެ.

މިއީ އާސެނަލް ޖެހި ޖެހިގެން މޮޅު ހަތަރު ވަނަ މެޗުކަން ފާހަގަ ކޮށްލެވެއެވެ. ލީގުގެ ެއެއްވަނައިގަ ފައިދާ ގޯލުގެ ތަފާތުން އޮތީ މެންޗެސްޓާ ސިޓީ އެވެ. ދެ ވަނާގައި މެންޗެސްޓާ ސިޓީ އޮތް އިރު، ތިން ވަނައިގަ އޮތީ ޓޮޓެންހަމް އެވެ.

comment ކޮމެންޓް