ހާރިސް މަރާލި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ތޫނުއެއްޗަކުން ހަމަލާދީ މަރާލި ހާރިސް އަބްދުލް ޣަފޫރު

ހުޅުމާލޭގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ތޫނުއެއްޗަކުން ހަމަލާދީ ގއ. ދާންދޫ ގޯލްޑްލީފް ހާރިސް އަބްދުލް ޣަފޫރު މަރާލި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުމުރުން 25 އަހަރުގެ ހާރިސް މަރާލުމުގައި އަމަލީގޮތުން ބައިވެރިވި ކަމުގެ ތުހުމަތުގައި 23 އަހަރުގެ ފިރިހެނަކު ހުޅުމާލެއިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ އިންފޮމޭޝަން އޮފިސަރު އާޝިޔާ ސޯލިހު ވިދާޅުވީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ ޒުވާނާ ވަނީ މަރުވެފައި ކަމަށެވެ.

އެ ޒުވާނާގެ ގައިގެ އަށް ތަނަކަށް ތޫނުއެއްޗަކުން ހަމަލާދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް