ސޯހާ އާއި ކުނާލް އަށް އަންހެން ކުއްޖަކު ލިބިއްޖެ

ބޮލީވުޑުގެ ޖޯޑު ސޯހާ އަލީ ޚާން އަދި ކުނާލް ކެއްމޫ އަށް އަންހެން ދަރިއަކު ލިބިއްޖެ އެވެ.

ސޯހާ ވިހާފައި ވަނީ އިއްޔެ އެވެ. ދެމީހުންނަށް އަންހެއް ކުއްޖަކު ލިބުނުކަން ހާމަކޮށްފައި ވަނީ ކުނާލް ކުރި ޓުވީޓެއްގަ އެވެ.

ފުރަތަމަ ދަރިފުޅާ އެކު އުފަލުން ފޮޅިފައި ހުރި ކުނާލް މިހާރު ވަނީ ދަރިފުޅާ އެކު ވަގުތު ހޭދަކުރުމަށް މަސައްކަތުން ބްރޭކެއް ނެގުމަށް ވެސް ނިންމައިފަ އެވެ.

އަންނަ މަހު ކުނާލްގެ ފިލްމު 'ގޯލްމާލް' ރިލީޒް ކުރުމަށް ތައްޔާރު ވަމުން އަންނަ އިރު، ކުނާލް ބުނީ ދަރިފުޅު ލިބުމުން އޭނާގެ އުފާވެރިކަން އެތައް ގުނައެއް އިތުރުވެފައިވާ ކަމަށެވެ.

ގިނަ އަދަދެއްގެ ބޮލީވުޑް ފަންނާނުން އަންނަނީ ދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ.

ކުނާލް (33) އަދި ސޯހާ (38) ކައިވެނި ކުރީ 2015 ވަނަ އަހަރު ބޭއްވި ވަރަށް ޕްރައިވެޓް ރަސްމިއްޔާތެއްގަ އެވެ. ސޯހާ އާއި ކުނާލް ފުރަތަމަ ބައްދަލުވީ 2009 ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'ޑޫންޑުތޭ ރެހެ ޖާއޮގޭ'ގެ ސެޓުންނެވެ. އެއަށް ފަހު ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ކުނާލް ސޯހާ ގާތު އިންނަން އަހާފައި ވަނީ 2014 ވަނަ އަހަރު ޕެރިސްގަ އެވެ.

comment ކޮމެންޓް