އާލިޔާ ބަޓްގެ ތައުރީފު ޖެކްލީން ފެނާންޑޭޒަށް!

ކުޅަދާނަ ދެ ބަތަލާ އާލިއާ ބަޓް އަދި ޖެކްލީން ފާނަންޑޭޒް

ރޭ ރިލީޒް ކުރި ޑޭވިޑް ދަވަންގެ "ޖުޅްވާ2" ވަރަށް ކަމުދާ ކަމަށް ބޮލީވުޑްގެ ކުޅަދާނަ ބަތަލާ އަލިއާ ބަޓް ބުނެފިއެވެ.

އާލިއާ ބުނީ ފިލްމުގައި ހަރަކާތްތެރިވާ ޖެކްލީން ފެނާންޑޭޒްގެ އެކްޓިންގ ހަމަ އެއްވަނަ ކަމަށެވެ.

"ޖެކްލީންގެ ރޯލު އޭނާ ވަރަށް ފުރިހަމައަށް އަދާކޮށްފި. އޭނާގެ އެކްޓިންގް އަށް ހަމަ އެއްވަނަ. އެންމެ ކަމުދިޔައީ ހަމަ ޖެކްލީންގެ އެކްޓިންގ. ވަރަށް މޮޅު ބަތަލާ އެއް އޭނަ އަކީ. ފިލްމުގެ އަނެއް ބަތަލާ ޓާޕްސީ ޕަންނޫގެ އެކްޓިންގް ވެސް ވަރަށް ސަޅި،" އޭނާ ބުންޏެވެ.

ދާދި ފަހުން އާލިއާ އާއި ސިދާތް މަލްހަތްރާގެ ލޯބީގެ ގުޅުން ނިމެން ޖެހުނު ސަބަބަކީ ޖެކްލީންކަން އާލިއާ ބުނެފައިވާއިރު އޭނާގެ ތައުރީފު ޖެކްލީނަށް ކުރި ފުރަތަމަ ފަހަރަކީ މިއީއެވެ.

އާލިއާ އިތުރަށް ބުނީ އެ ފިލްމު ވެގެންދާނީ ބެލުންތެރިން ގަޔާވާ، ބޮލީވުޑްގައި ފިޔަ ޖަހާލާނެ ފަދަ ފިލްމަކަށް ކަމަށެވެ. އެއީ ތަފާތު މޮޅު ފިލްމެއްކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

'ޖުޅްވާ 2' އަކީ 1997 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު 'ޖުޅްވާ'ގެ ސީކުއެލް އެވެ.

comment ކޮމެންޓް